ވޭލްސްގެ ޑޭވީސް 75 އަހަރުގެ ކޯޗް ބިންމައްޗަށް ވައްޓާލުމުން ކާޑު ދައްކައިފި
ވޭލްސްގެ ޑޭވީސް 75 އަހަރުގެ ކޯޗް ބިންމައްޗަށް ވައްޓާލުމުން ކާޑު ދައްކައިފި

ކާޑިފް (6 މެއި) - އަލްބޭނިއާއާ ދެކޮޅަށް ވޭލްސް ކުޅުނު މެޗުގައި، އަލްބޭނިއާގެ އުމުރުން 75 އަހަރުގެ ކޯޗް އެޑްއާޑޯ ރޭޔާ ބިންމައްޗަށް ވައްޓާލުމުން، ވޭލްސްގެ ޑިފެންޑަރު ރީސް ނޯރިންޓަން ޑޭވީސްއަށް ރީނދޫ ކާޑު ދައްކައިފި އެވެ.

ވޭލްސްގެ ޑޭވީސް 75 އަހަރުގެ ކޯޗް ބިންމައްޗަށް ވައްޓާލުމުން ކާޑު ދައްކައިފި
ވޭލްސްގެ ޑޭވީސް 75 އަހަރުގެ ކޯޗް ބިންމައްޗަށް ވައްޓާލުމުން ކާޑު ދައްކައިފި

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އަލްބޭނިއާ އާ ދެކޮޅަށް ވޭލްސް ކުޅުނު މެޗުން ވޭލްސް އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މެޗުގެ 58 ވަނަ މިނެޓްގައި، އަލްބޭނިއާގެ ބެންޗާ ދިމާލުން، އެ ޓީމުގެ ރޭ މަނާޖް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ޑޭވީސް ވަނީ އަލްބޭނިއާގެ ކޯޗާ ދިމާލަށް މަނާޖް ކޮށްޕާލައިފަ އެވެ. މަނާޖް ގައިގައި އަޅައިގަނެ ރޭޔާ ވެއްޓުނެވެ. މެޗަށް އިންސާފްކުރަން ނުކުތް އުތުރު އަޔަލެންޑްގެ ރެފްރީ ނީލް ޑޮއިލް، ޑޭވީިސްއަށް ދެއްކީ ރީނދޫ ކާޑެކެވެ.

ނަޕޯލީ އާއި ލާޒިއޯ އަދި އެޓަލާންޓާއަށް ކޯޗް ކޮށްދިން، ރޭޔާ އަލްބޭނިއާގެ ކޯޗުކަމާ ހަވާލުވީ އޭޕްރީލް 2019 ގައެވެ. އޭނާ ފުރަތަމަ ހަމަޖެއްސީ ހަތަރު މަސް ދުވަހަށެވެ. އޭނާއާ އެކު ޓީމުގެ ނަތީޖާތައް ރަނގަޅުވުމުން ކޮންޓްރެކްޓް އާ ކުރި އެވެ.

ޔޫރޯގައި ވޭލްސް ލައްވާލީ ގުރޫޕް އޭ ގަ އެވެ. އެ ގުރޫޕްގައި އެ ޓީމާއެކު ދެން ހިމެނެނީ އިޓަލީ، ސްވިޒަލޭންޑް އަދި ތުރުކީ އެވެ. ވޭލްސް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.