ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރަނީ
ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރަނީ

ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިނުގައި ޑިޖިޓަލް މާކެޓިން ހަރަކާތްތަކުގެ އިތުރުން އައުޓްޑޯ ހަރަކާތްތައްވެސް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ޕޮލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށާފައިވާއިރު އެ ގައުމުން ރާއްޖެއަށް ކުރަމުން އަންނަ ޗާޓަރު ދަތުރުތައް ވަނީ އިތުރުވެފަ އެވެ. އެހެންކަމުން އެމްއެމްޕީއާރުސީން މިހާރު މަސައްކަތް ކުރަނީ އެ ދަތުރުތައް މުޅި އަހަރަށް ދަންމާލައި ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށެވެ.

އެ ގައުމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ. މި ހަރަކާތްތަކުން 25 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ޕޮލެންޑުން 7،700 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ޕޮލެންޑަކީ 12 ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ.