05 ޖޫން 2021 - 07:37

އެޕަލް އިން އައިޕެޑް ޕްރޯގެ އާ ވާޝަނެއް ވަޔަލެސް ޗާޖިންއާ އެކު ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްލޫމްބާގް އިން ބުނި ގޮތުގައި އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދެ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ޑިވައިސް ނެރޭނެ އެވެ. އެ ނޫހުން ބުނި ގޮތުގައި ޓިމް ކުކްގެ އެެޕަލް އިން މަސައްކަތް ކުރަނީ މިދިޔަ އަހަރު ނެރުނު އައިފޯން 12 ގެ މެގްސޭފް ކަނެކްޓަރާ އެއްކަހަލަ މެގްނެޓިކް ޗާޖިން ސިސްޓަމެއް އައިޕެޑް ޕްރޯގައި ހިމަނާށެވެ. އެއީ ރިވާސް ވަޔަލެސް ޗާޖިން ވެސް އެކުލެވޭ ގޮތަށެވެ. އަދި އެ ޓެސްޓްކުރަނުން އަންނަ ކަމަށް ބުންޏެވެ.
ބްލޫމްބާގް އިން ބުނީ މި ބަދަލާ އެކު އާ އައިޕެޑް ޕްރޯގެ ފަހަތުގެ ފްރޭމް ވެސް އެލުމީނިއަމްގެ ބަދަލުގައި މި ފަހަރު ބިއްލޫރި އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މި ބަދަލުތަކާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން މިހާރު އަންނަނީ އައިޕެޑް މިނީ ވެސް ތަފާތު ޑިޒައިނަކާ އެކު މި އަހަރުގެ ފަހުކޮޅު ނެރެން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އެ ކުންފުނިން ނެރެފައިވާ 10.2 އިންޗީގެ ޑިވައިސް މިހާރަށް ވުރެ ތުނިކޮށް މި އަހަރުގެ ފަހުކޮޅު ނެރޭނެ އެވެ.