ޓީމް ޕްރޮފައިލް: ޑެންމާކް
ޓީމް ޕްރޮފައިލް: ޑެންމާކް

ޔޫރޯގައި އެންމެ ފުރަތަމަ ވާދަކުރީ 1964 ގައި

ޓީމް ޕްރޮފައިލް: ޑެންމާކް
ޓީމް ޕްރޮފައިލް: ޑެންމާކް

ޔޫރޯގެ އެންމެ ބޮޑު ކާމިޔާބު: 1992 ގެ ޗެމްޕިއަން

ޓީމް ޕްރޮފައިލް: ޑެންމާކް
ޓީމް ޕްރޮފައިލް: ޑެންމާކް

ޔޫރޯގައި ވާދަ ކުރާ ނުވަ ވަނަ ފަހަރު

ޔޫރޯގެ ތާރީހްގައި ހައިރާންކަން ގެނުވި ޓީމެއްގެ ގޮތުގައި ޑެންމާކު ހިމެނެ އެވެ. ސްވިޑެންގައި 1992 ގައި ބޭއްވި ޔޫރޯގެ ޗެމްޕިއަންކަން ޑެންމާކު ހޯދީ ހީވެސް ނުކުރާ ގޮތަށެވެ. އެ ފަހަރުގެ ޔޫރޯއަށް ޑެންމާކު ކޮލިފައި ނުވެ އެވެ. މުބާރާތް ފެށެން 10 ދުވަހަށް ވެފައި ވަނިކޮށް ކުރީގެ ޔޫގޮސްލޭވިއާ އަށް މުބާރާތުން ފުރުސަތު ނުދޭން ޔޫއެފާ އިން ނިންމި އެވެ. ބަދަލުގައި ފަހު ވަގުތު އެ ފުރުސަތު ދިނީ ޑެންމާކަށެވެ. އޮކްޓޯބަރު 2016 އިން ފެށިގެން އެ ޓީމު ބަލި ނުވެ 34 މެޗު ފުރިހަމަ ކުރުމަކީ ރަނގަޅު ރެކޯޑެކެވެ.

މިފަހަރުގެ ޔޫރޯ ކޮލިފިކޭޝަނަކީ ޑެންމާކަށް ތަފާތު ތަޖުރިބާއެކެވެ. އެހެން އެއްވެސް ކޮލިފިކޭޝަނެއްގައި ނުޖަހާ މިންވަރަށް ޑެންމާކުން މިފަހަރުގެ ކޮލިފިކޭޝަންގައި ލަނޑު ޖެހި އެވެ. ގުރޫޕް ޑީގައި އެއްވެސް މެޗަކުން ބަލި ނުވަނީ ޑެންމާކު އެކަންޏެވެ. އެކަމަކު އެ ޓީމު ކޮލިފައިވީ ސްވިޒަލޭންޑްގެ ފަހަތުން ދެ ވަނައިގަ އެވެ. ޑެންމާކަށް ގުރޫޕްގެ އެއް ވަނަ ނުލިބުނީ އެންމެ ފަހު މެޗުގައި ރިޕަބްލިކް އޮފް އަޔަލޭންޑް އަތުން މޮޅު ނުވެވުމުންނެވެ. ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ހަތަރު މެޗުންނެވެ. ސްވިޒަލޭންޑް ކުރި ހޯދީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

ޑެންމާކު ޓީމުގައި ދުނިޔޭގެ ފެންވަރުގެ ކީޕަރަކާއި މިޑްފީލްޑަރެއް އެބަ ހުއްޓެވެ. އިންޓަ މިލާންގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އާއި ލެސްޓާ ސިޓީގެ ކީޕަރު ކެޝްޕާ ޝުމައިކަލްއަކީ ޑެންމާކު ޓީމުން އެންމެ ފާހަގަ ކޮށްލެވޭ ތަރިންނެވެ. ކޮލިފިކޭޝަންގައި އެރިކްސަން ފަސް ލަނޑު ޖެހި އެވެ.

ޑެންމާކު ޓީމުން ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިޔަކީ ޖަރުމަންގެ ހޮފެއިންހައިމްގެ ވިންގާ ޖޭކޮބް ބުރޫން ލާސަން އެވެ. ބުރޫޝިއާ ޑޯޓްމުންޑުން ކެރިއާ ފެށި ލާސަން އެ ޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ޑެންމާކު ގައުމީ ޓީމަށް އޭނާ ފުރަތަމަ މެޗު ކުޅުނެވެ.

ޑެންމާކު ޔޫރޯ އަށް ކޮލިފައި ކޮށްދިނީ އާގް ހާރައިޑެ އެވެ. އޭރުވެސް ހަމަޖެހިފައި އޮތީ ޔޫރޯއަށް ފަހު ހާރައިޑެ ޓީމު ދޫކޮށްލާށެވެ. އެހެންވެ ޑެންމާކުން އޭރު ހުރީ އޭނާގެ ބަދަލުގައި އަމިއްލަ ގައުމުގެ ކެސްޕާ ހިއުލްމެންޑް އެ މަގާމަށް އައްޔަން ކުރަން ތައްޔާރު ވެގެންނެވެ. ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފަސް ކުރަން ނިންމުމުން ހާރައިޑެ އަށް ޔޫރޯގައި ކޯޗްކޮށްދިނުމުގެ ފުރުސަތެއް ނުލިބުނެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ޓީމު ދޫކޮށްލީ މިދިޔަ އަހަރު ޖޫން 30 ގަ އެވެ.

އޭގެ އަނެއް ދުވަހު ރަސްމީކޮށް ހިއުލްމަންޑް ގައުމީ ޓީމާ ހަވާލުވި އެވެ. ކުލަބު ލެވަލްގައި އޭނާ ވަނީ ޖަރުމަންގެ މައިންޒްގެ ކޯޗްކަން ކޮށްފަ އެވެ. ޗެލްސީގެ މިހާރުގެ ކޯޗް ތޯމަސް ޓުޗެލް މައިންޒް ދޫކޮށްލުމުން އެ ޓީމުން އޭނާގެ ބަދަލުގައި ހަމަޖެއްސީ ހިއުމެންޑް އެވެ. ޑެންކާމުގެ ވަޒީފާގެ ކުރިން އޭނާ އަދާކުރި އެންމެ ހައިޕްރޮފައިލް ވަޒީފާއަކީ މަންޒްގެ ކޯޗް ކަމެވެ. މައިންޒްގެ ކޯޗުން ކަމުން އޭނާ ވަކި ކުރީ ސީޒަންގެ މެދުތެރެއިންނެވެ.