03 ޖޫން 2021 - 13:46

މާލޭގެ ގެއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މައްޗަންގޯޅިގެ ގެއެއްގެ ތެރޭގައި 19 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމުގެ މައުލޫމާތު 11:00 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
އޭނާއަށް އައިޖީއެމްއެޗުން އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ޒުވާނާއަށް އިމަޖެންސީ ރޫމުގައި ފަރުވާ ދޭނެ ކަމަށެވެ. އެހެންވެ، ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.