ޖަރުމަނު ވިލާތުގައި ޔޫރޭނިއަމް އުފެއްދުން ހުއްޓާލައިފި
ޖަރުމަނު ވިލާތުގައި ޔޫރޭނިއަމް އުފެއްދުން ހުއްޓާލައިފި

ޖަރުމަން ވިލާތުގައި ޔޫރޭނިއަމް އުފެއްދުން މުޅިން ހުއްޓާލާފައިވާ ކަމަށް އެ ގައުމުން އިއްޔެ އިއުލާން ކޮށްފި އެވެ.

ޖަރުމަނު ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގައި ޔޫރޭނިއަމް އުފެއްދުން ހުއްޓައިލީ، ކުރިން ވެސް އެގޮތަށް ނިންމާފައި އޮތުމުން އެކަން ތަންފީޒުކުރުމުގެ ގޮތުންނެވެ. ޖަރުމަނުގައި އެންމެ ފަހުން ހުރި ޔޫރޭނިއަމްގެ ޝިޕްމެންޓް އިއްޔެ ވަނީ އެ ގައުމުން ބޭރުކޮށްފަ އެވެ.

ޔޫރޭނިއަމް އުފެއްދުން ޖަރުމަން ވިލާތުން މި ހުއްޓައިލީ، ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން 75 އަހަރު ވަންދެން އެ މަސައްކަތް ކުރުމަށް ފަހު އެވެ. ޖަރުމަން ސަރުކާރުގެ މި ނިންމުމާ ގުޅިގެން، ޔޫރޭނިއަމް އުފައްދާ ގައުމުތަކުގެ ބައިނަލްއަގްވާމީ ލިސްޓުން އެ ގައުމުގެ ނަން އުނިވެގެންދާނެ އެވެ.