ރާއްޖެއަށް ޖެހުނު ގޯލަކީ ދުބާއީއަށް ކޮލިފައިން ބަދަލުކުރުން
ރާއްޖެއަށް ޖެހުނު ގޯލަކީ ދުބާއީއަށް ކޮލިފައިން ބަދަލުކުރުން

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުގައި ކުރިއަށް އޮތް ތިން މެޗަށް ތައްޔާރުވާން ޚަރަދަށް އެކަނި ބެލިޔަސް އެއީ އެފްއޭއެމުން ކުރި ބޮޑު ހޭދައެކެވެ. ހޮޓެލް ޖެންގައި ހޭދަކުރި ނުވަ ދުވަހަށް އެކަނިވެސް، އެފްއޭއެމުން ބޮޑު ހޭދައެއް ކުރި އެވެ. ދުބާއީގެ ޓްރޭނިން ކޭމްޕް އަރަބް އެމިރޭޓްސް އެފްއޭ މެދުވެރިވެގެން ހަމަޖެހުނަސް، ސީދާ އެފްއޭއެމުން ވެސް ބޮޑު ހަރަދެއް ކުރި އެވެ.

ރާއްޖެއަށް ޖެހުނު ގޯލަކީ ދުބާއީއަށް ކޮލިފައިން ބަދަލުކުރުން
ރާއްޖެއަށް ޖެހުނު ގޯލަކީ ދުބާއީއަށް ކޮލިފައިން ބަދަލުކުރުން

މިއީ ބަލިމަޑުކަމުގެ ކާރިސާއެއްތެރޭ ކުރަން އެންމެ ރަނގަޅު ހަރަދުތަކެއް ނޫންކަމަށް، ފުޓްބޯޅަ ނޭނގޭ މީހުން ބުނަމުން ދިޔަ އެވެ. ނަމަވެސް ޕެންޑެމިކެއްގެ ތެރޭގައި އެވަރުގެ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ. ދުބާއީގައި ޓްރޭނިން ކޭމްޕްގައި ތިބި، ގައުމީ ޓީމުގެ ދެ ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން، ސްކޮޑްގެ އެހެން މެންބަރުންނަށް ވެސް ޗައިނާއަށް ދިއުމުގެ ހުއްދައެއް ނުލިބުނެވެ.

ރާއްޖެއަށް ޖެހުނު ގޯލަކީ ދުބާއީއަށް ކޮލިފައިން ބަދަލުކުރުން
ރާއްޖެއަށް ޖެހުނު ގޯލަކީ ދުބާއީއަށް ކޮލިފައިން ބަދަލުކުރުން

ޗައިނާގައި ބާއްވަން އޮތް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރު ވާން، ފިލިޕީންސާއި ސީރިއާ އިން ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔައީ ގަތަރުގަ އެވެ. ޗައިނާ އާއި ގުއާމް މެޗުން ސެންޓްރަލައިޒްކޮށް ޗައިނާގައި ކޮލިފިކޭޝަން ވަނީ ފަށައިފަ އެވެ.

ގުރޫޕް އޭ ގެ ފަސް ޓީމުގެ ތެރެއިން ދެ ޓީމު ގަތަރުގައި ތިބުމުން، މެޗުތައް ގަތަރަށް ބަދަލު ކުރުމުގެ އިހްތިޔާރު ވެސް އޭއެފްސީއަށް އޮތެވެ. އެ ހުރިހާ ހާލަތެއް އޮއްވައި، ކޮލިފިކޭޝަން އެމިރޭޓްސްއަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުނީ ރާއްޖެއިންނެވެ. އެއީ ދިވެހި ޓީމު އެތަނުގައި ކޭމްޕްކޮށްފައި ވުމުންނެވެ. ރާއްޖެއިން ބޭނުންވި ގޮތަށް އެމިރޭޓްސްއަށް މެެޗުތައް ބަދަލުކުރަން އޭއެފްސީ ނިންމި އެވެ.

މެޗުތައް ދުބާއީއަށް ބަދަލު ކުރުމުގައި "ބިގް ވިނާ" އަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަަމަށް، ގައުމީ ޓީމު ކޯޗް މާޓިން ކޫޕްމަން ސިފަކުރި އެވެ. ކޮލިފައިންގައި މެޗުތައް ކުޅޭނެ ވޭނޫ ކަނޑައެޅުމުގެ ފުރުސަތު އެއްވެސް ގައުމަކަށް އަމިއްލައަށް އިހްތިޔާރު ނުކުރެވޭނެ އެވެ. އެކަމަކު ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ރާއްޖެއިން ބޭނުންވި ގައުމުގައި ބޭއްވުމަކީ "ބައްސާމް ހޯދި ބޮޑު މޮޅެއް" ކަމަށް ކޫޕްމަން ބުންޏެވެ.

އެފްއޭއެމުން ކުރި ބޮޮޑު ހަރަދު ފެނަށް ވެގެން ދާން ބޭނުން ނުވީ އެވެ. މާކުރިން ޗައިނާގައި ކުޅެން ނިންމި ކޮލިފިކޭޝަން މެޗުތައް އެމިރޭޓްސްއަށް ބަދަލު ކުރުން އެއީ ސީދާ ރާއްޖެއިން ބޭނުންވި ގޮތެވެ. އޭޝިއާގެ ފުޓްބޯޅައިގައިވެސް އެންމެ ބޮޑު ގައުމު ޗައިނާއިން، އެންމެ ކުޑަ ގައުމު ދިވެހިރާއްޖެ ބޭނުންވި ގޮތަށް ދީލާލައި ކޮލިފައިން މެޗުތައް ދުބާއީއަށް ބަދަލު ކުރަން އެއްބަސްވުމަކީ ރާއްޖެއަށް ލިބުނު ކުޑަ ޝަރަފެއް ނޫނެވެ.

އެފްއޭއެމުން ބޮޑު ހަރަދެއް ކުރި އެވެ. ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބި އޮތުމުން މެޗުތައް ނުކުޅެ ހުސްއަތާ އައުމުގެ ބިރުވެސް އޮތް ވަގުތެކެވެ. އެ ހާލަތު މެދުވެރި ނުވީ ރާއްޖެއިން އިސްވެ ގެންގުޅުނު ވިސްނުމާ އެއްގޮތަށެވެ.

ކޮލިފައިންގައި ދުބާއީގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ސީރިއާ އާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ޗައިނާ އާ ދެކޮޅަށް ނުކުންނާނީ މި މަހު 11 ގަ އެވެ. އަންގާރަ ދުވަހު ރާއްޖޭގެ ކޮލިފައިން ފަހު މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަލީ އަޝްފާގް (ދަގަނޑޭ) ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ފިޓް ވާނެ ކަމަށް ބެލެވެ އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ސިލްސިލާކޮށް ގެންދާ ކޮލިފިކޭޝަން މަރުހަލާތަކުގައި ރާއްޖޭގެ ޓާގެޓަކީ، ޗައިނާގައި 2023 ގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މިހާރު ކުރިމަތިލާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދިއްޖެނަމަ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މަރުހަލާގައި ރާއްޖެއަށް ބޮޑު އިތުބާރެއް ލިބޭނެ އެވެ.