02 ޖޫން 2021 - 03:05

މަރުވިތާ ގިނަ ދުވަސް ވެފައިވާ ދިވެއްސެއްގެ ހަށިގަނޑު މާލޭގެ ގެއަކުން މިރޭ ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ، ގަލޮޅުގައި ހުންނަ އެ ގެއިން ކުނިވަސް ދުވާތީ ބެލިއިރު، މަރުވެ ގިނަ ދުވަސް ވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އުމުރުން 27 އަހަރުގެ އެ ޒުވާން އަންހެންމީހާއާ ގުޅޭ ނުވަތަ އޭނާ އޮތް ގެއިން ކުނިވަސް ދުވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ ދަންވަރު 2:33 ހާއިރު އެވެ.
"ސީން ޕްރޮސެސްކޮށް ބަލަންޖެހޭ ކަންކަން ބެލުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި މަރާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެ ޒުވާނާ މަރުވެފައި އޮންނަތާ ވެފައި ވަނީ ކިތައް ދުވަސް ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.