ސައުދި އަރަބިއްޔާ އިން "މިސްކިތުގެ" އަޑު މަޑުކުރަން އެންގުމުން ހޫނު ފެނަށް
ސައުދި އަރަބިއްޔާ އިން "މިސްކިތުގެ" އަޑު މަޑުކުރަން އެންގުމުން ހޫނު ފެނަށް

މުސްލިމުންގެ ބޮޑު އާބާދީއަކާ އެކު މާތްވެގެންވާ ދެ ހަރަމްފުޅު ވެސް ހުރި ސައޫދި އަރަބިއްޔާގެ މިސްކިތްތަކުގެ ލައުޑްސްޕީކަރްތަކުގެ އަޑު މަޑުކުރަން އެ ގައުމުގެ އިސްލާމިކް މިނިސްޓްރީން އެންގުމާ ގުޅިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ސައުދި އަރަބިއްޔާ އިން "މިސްކިތުގެ" އަޑު މަޑުކުރަން އެންގުމުން ހޫނު ފެނަށް
ސައުދި އަރަބިއްޔާ އިން "މިސްކިތުގެ" އަޑު މަޑުކުރަން އެންގުމުން ހޫނު ފެނަށް

މިސްކިތްތަކުން "ބަންގި އާއި ގުރުއާނު"ގެ އަޑު މިހާރު އިވޭ ނިސްބަތް ތިން ގުނަ ދަށްކުރަން އެންގީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިކަމާ ބެހޭ ގޮތުން ސައުދީގެ އިސްލާމިކް މިނިސްޓަރު އަބްދުއްލަތީފް އަލް ޝައިހް ވިދާޅުވީ އެ ނިންމުމަކީ އާންމުންގެ ގިނަ ޝަކުވާތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާ ހިލާފުވާ ނަމަ މިސްކިތްތަކުގެ އިމާމުންނަށް ފިޔަވަޅު ވެސް އަޅާނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ސައުދީގެ އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ބަޔަކު އަޑު އަހަން ނެތް ހާލަތްތަކުގައި ބޭރުތެރެ އަށް އިވޭ ގޮތަށް ބާރަށް ޤުރުއާން ޖެހުމަކީ ޤުރުއާނަށް އިހާނެތިކޮށް ހެދުން ކަމަށެވެ.

"ނަމާދު ކުރަން ބޭނުންވާ މީހަކަށް ކޮންމެހެން މިސްކިތްތަކުން ބަންގީގެ އަޑު އިވެންދެން މަޑުކުރާކަށް ނުޖެހޭ. ކޮންމެ މީހަކު ވެސް ވަގުތު ޖެހުނީމަ މިސްކިތަށް ގޮސް ނަމާދުކުރަންވީ،" ނިންމުން ދިފާއުކުރައްވައި ދައުލަތުގެ ޓީވީގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކުގެ އަޑުމަޑުކުރަން އެންގުމުން ފާޑުކިޔަނީ "ސައުދީގެ ދުޝްމަނުން" ކަމަށެވެ.

"އެ މީހުންގެ ބޭނުމަކީ އާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ސައުދީގެ އިތުތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ނިންމުމަށް މުސްލިމުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުން މިހާރު އަންނަނީ ކެފޭ/ރެސްޓޯރަންޓްތަކުން މިއުޒިކްގެ ވެސް އަޑުމަޑިކުރަން ގޮވާލައި ހޭޝްޓެގަކާ އެކު ސޯޝަލް މީޑިއާގައި ކެމްޕޭންކުރަމުންނެވެ.

ސައުދީގެ ސިޔާސަތުތަކަށް 2018 އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވެ އެވެ. މިސްކިތްތަކުގެ "އަޑު" މަޑުކުރަން އެންގި އިރު ސައުދީގައި 98،800 އަށް ވުރެ ގިނަ މިސްކިތް ހުރެ އެވެ.