ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ޓްރެވަލް އެވޯޑު ދިނުމުގެ ހަފުލާ ނިންމާލައިިފި.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

އިކުއެޓިކް ވައިބުން ލަަވައެއް ހުށަހަޅައިދެނީ.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒް ވާހަކަދައްކަވަނީ. އޭނާ ގެންދަވަނީ ޓްރެވަލް އެވޯޑާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން. އެ ގޮތުން، އެވޯޑު ލިބުނު ފަރާތްތައް ހޮވި ގޮތާއި އެ ނޫން މައުލޫމާތުތައް ވެސް ދެއްވި. އަދި ޓްރެވަލް އެވޯޑާ ގުޅޭ އެކި މަސައްކަތްތުގައި ހަރަކާތްތެރިވި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައި.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

އެންމެ ބޮޑު އެއްބާރުލުމެއް ދިން ސްޕޮންސަރަކަށް ދޭ އެވޯޑު ލިބުނީ ޓްރެވަލް އެވޯޑުގެ ޓައިޓްލް ސްޕޮންސަރު ކަމަށްވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ސިޔާމްގެ ވީޑިއޯ ޕްރޮފައިލްއެއް ދައްކަނީ.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގަތީ ސަން ސިޔާމް ރިސޯޓްްސްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ޓްރެވަލް އެވޯޑުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީ ފިލާ ހަވާލުކުރަނީ. ޓްރެވަލް އެވޯޑުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް). އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސާފައިވާ އިރު، އިތުރު ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް އާއި ޕީއެސްއެމާއި ދިރާގާއި ހޮޓެލް ޖެން އާއި އިއްތިހާދު އެއާވޭސް އާއި އެސްޓީއޯ އާއި ޕޮޕްޖޯއީ އަދި ކޮކާކޯލާ ހިމެެނޭ. މީގެ އިތުރުން، މި ހަފުލާ ބާއްވާ އޮޅުވެލި ރިސޯޓު ވެސް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ޓްރެވަލް އެވޯޑު އިންތިޒާމް ކުރި ތިންކް އެސޯސިއޭޓްސްގެ ވީޑިއޯ ޕްރޮފައިލްއެއް ދައްކަނީ.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

މަޓާޓޯ އާއި އެ ޖަމިއްޔާގެ މެމްބަރުން ދޭ އެންމެ ސަޕޯޓިވް ރިސޯޓުގެ އެވޯޑު ލިބުނީ ސަން ސިޔާމް ރިސޯޓްސް އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް. މިއީ ހާއްސަ އެވޯޑެއް. މި އެވޯޑު ދެނީ ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އެންމެ ބޮޑަށް އެހީތެރިވާ ރިސޯޓަކަށް.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ލީޑިން ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑު ލިބުނީ ސޮނޭވާ ފުށި ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ އެގްޒެކެޓިވް ބޯޑު މެމްބަރު މުހައްމަދު ޖިނާން.

ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި
ޓްރެވަަލް އެވޯޑްސް: އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް ރަންގަލި

ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓުގެ އެވޯޑު ލިބުނީ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ވެސް ލިބުނު އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ސުއޫދު.

ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް/ޗެއިންގެ އެވޯޑު ލިބުނީ އަރާމު ސްޕާ އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެއްލާ ހާޖްރީ.

ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑު ލިބުނީ ލީޑިން އެފްއެންޑްބީ ރިސޯޓުގެ އެވޯޑާއި ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑު ވެސް ލިބުނު ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެން ލިރާރު.

ލީޑިން ލޯކަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑު ލިބުނީ ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑާއި ލީޑިން ޑައިވް ރިސޯޓުގެ އެވޯޑު އަދި ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑު ވެސް ލިބުނު ބަނޑޮސް އައިލެންޑް ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު.

ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑު ލިބުނީ ލީޑިން ޑައިވް ރިސޯޓުގެ އެވޯޑާއި ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑު ވެސް ލިބުނު ބަނޑޮސް އައިލެންޑް ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ޕްރިންޓް ލެބުގެ މެނޭޖިން ޑިރެކްޓަރު މަދީހު ޖަމާލް.

ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު ލިބުނީ ދަ ސަން ސިޔާމް އިރުފުށި ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ އެމްވީ ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަރީފް.

ލީޑިން ސާފް ރިސޯޓުގެ އެވޯޑު ލިބުނީ އަަނަންތާރާ ދިގު ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން.

ލީޑިން ޑައިވް ރިސޯޓުގެ އެވޯޑު ލިބުނީ ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑު ވެސް ލިބުނު ބަނޑޮސް އައިލެންޑް ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޝަޒާއިލް ޝިޔާމް.

ލީޑިން އިކޯ ރިސޯޓުގެ އެވޯޑު ލިބުނީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ހާރިސް.

ލީޑިން އެފްއެންޑްބީ ރިސޯޓުގެ އެވޯޑު ލިބުނީ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑު ވެސް ލިބުނު ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މޯލްޑިވްސް އެއިރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްސީ)ގެ ޖެނެރަލް މެނޭޖަރު މިލިން ދެރަސާވީ.

ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑު ލިބުނީ ބަންޑޮސް އައިލެންޑް ރިސޯޓަށް.

ލީޑިން އޯލް އިންކްލޫސިވް ރިސޯޓުގެ އެވޯޑު ލިބުނީ ސަންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު.

ލީޑިން ޑިޒައިނާ ރިސޯޓުގެ އެވޯޑު ލިބުނީ ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑު ވެސް ހޯދި ވެލާ ޕްރައިވެޓް އައިލެންޑުން. މި އެވޯޑު ހަވާލުކޮށްދެއްވީ ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދީލް އިސްމާއިލް.

ލީޑިން ބީޗު ރިސޯޓުގެ އެވޯޑު އަނަންތަރާ ކިހާވަށް ވިލާސް އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ހަޒާންދާރު އަލީ އަހުމަދު.

އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ އެމްއެމްޕީއާރުސީގެ ޗެއާމަން މުހައްމަދު ހަލީލް.

ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑު ލިބުނީ ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް.

ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑު ލިބުނީ ވެލާ ރިސޯޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން.

ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރުގެ އެވޯޑު ލިބުނީ އެކްޓިވް ވޯޓާ ސްޕޯޓްސް އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ސުއޫދު.

ލީޑިން ލިވަބޯޑް ބްރޭންޑުގެ އެވޯޑު ލިބުނީ ޑިއެމް މޯލްޑިވްސް އަށް.

ލީޑިން ލިވަބޯޑުގެ އެވޯޑު ލިބުނީ ވޮޔޭޖަސް ގުރަހަލި އަށް.

ލަވަ އަށް ފަހު އަނެއްކާ ވެސް އެވޯޑު ދެނީ.

ދިވެހި ބޭންޑެއް ކަމަށްވާ އިކުއެޓިކް ވައިބުން އަލަށް ނެރުނު އަލްބަމްގެ ލަވައެއް ކަމަށްވާ "މަގޭ ރާއްޖެ" ހުށަހަޅައިދެނީ. މިއީ ވެސް ރާއްޖޭގެ ރީތިކަމާ ބެހޭ ލަވައެއް.

ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑު ލިބުނީ ލީލީ ލައުންޖަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ހަޒާންދާރު އަލީ އަހުމަދު.

ލީޑިން އެފްއެންޑްބީ އައުޓްލެޓް، ބާ/ރެސްޓޯރަންޓުގެ އެވޯޑު ލިބުނީ ލީޑިން އެއާޕޯޓް ސިޓީ ހޮޓެލް އެވޯޑު ވެސް ހާސިލްކުރި ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ހޮޓެލް ޖެންގެ ޖެނެރަލް މެނޭޖަރު ރަހިމް ފްލިމް.

ލީޑިން އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިންގެ އެވޯޑު ލިބުނީ ލީޑިން ގެސްޓް ހައުސް އެވޯޑު ވެސް ލިބުނު ރިވަރީޒް ޑައިވިން ވިލެޖަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދީލް އިސްމާއިލް.

ލީޑިން ގެސްޓްހައުސް އައިލެންޑުގެ އެވޯޑު ލިބުނީ މާފުއްޓަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ސުއޫދު.

ލީޑިން ޓްރެވަލް ވެބްސައިޓުގެ އެވޯޑު ލިބުނީ ލީޑިން ޑޮމެސްޓިކް ޓްރާންސްޕޯޓް ޕްރޮވައިޑަރުގެ އެވޯޑު ވެސް ލިބުނު އައިކޮމް ޓުއާސް އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ ބަނޑޮސް އައިލެންޑް ރިސޯޓުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ނޫރު ވަހީދު.

މިހާރު ދައްކަނީ މިފަހަރުގެ އެވޯޑުގެ ޓައިޓްލް ސޮޕޮންސަރު ކަމަށްވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާ ބެހޭ ވީޑިއޯ ޕްރޮފައިލްއެއް.

ލީޑިން ޑޮމެސްޓިކް ޓްރާންސްޕޯޓް ޕްރޮވައިޑަރުގެ އެވޯޑު ލިބުނީ އައިކޮމް ޓުއާސް އަށް. މި އެވޯޑު ވެސް ހަވާލުކޮށްދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު، ސްޓެޓިިސްޓިކްސް އެންޑް ޓްރާންސްޕޯޓު މުޖުތަބާ ލަތީފް.

ލީޑިން ޑޮމެސްޓިކް އެއާލައިންގެ އެވޯޑު ލިބުނީ ވިލާ އެއާގެ ފްލައިމީ އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު، ސްޓެޓިިސްޓިކްސް އެންޑް ޓްރާންސްޕޯޓު މުޖުތަބާ ލަތީފް.

ލީޑިން ލޯ ކޯސްޓް ކެރިއާގެ އެވޯޑު ލިބުނީ ފްލައި ދުބާއީ އަށް. މި އެވޯޑު ވެސް ހަވާލުކޮށްދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް އެންޑް މާކެޓިން އަކުރަމް ނިޒާރު.

ލީޑިން އިންޓަނޭޝަނަލް އެއާލައިންގެ އެވޯޑު ލިބުނީ ސްރީ ލަންކަން އެއާލައިންސް އަށް. މި އެވޯޑު ހަވާލުކޮށްދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް އެންޑް މާކެޓިން އަކުރަމް ނިޒާރު.

ޓްރެވަލް އެވޯޑަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވަ ހުށަހަޅައިދެނީ. ދިވެއްސާއި އިނގިރޭސި ބަހުން ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝަމްއޫނާއި ރިޒޫ. މިއީ ރާއްޖޭގެ ރީތިކަމާ ބެހޭ ލަވައެއް.

ތިން އެވޯޑެއް ދިނުމަށް ފަހު މިހާރު ދަނީ ވީޑިއޯއެއް ދައްކަމުން. މި ވީޑިއޯގައި ހިމެނެނީ އިމާދުއްދީން ސްކޫލުގައި ގާއިމްކޮށްފައިވާ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މަރުކަޒާ ބެހޭ މައުލޫމާތު.

ލީޑިން ބިޒްނަސް ހޮޓެލްގެ އެވޯޑު ލިބުނީ ހޮޓެލް ޖެން އަށް. މި އެވޯޑު ހަވާލުކޮަށްދެއްވީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު، ސޭލްސް އެންޑް މާކެޓިން އިސްމާއިލް އަދުހަމް.

ލީޑިން ގެސްޓް ހައުސް އެވޯޑް ލިބުނީ ރިވަރީޒް ޑައިވިން ވިލެޖަށް. މި އެވޯޑު ހަވާލުކޮށްދެއްވީ އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ރިޔާޒް.

ލީޑިން އެއާޕޯޓް ސިޓީ ހޮޓެލް އެވޯޑް ހާސިލްކުރީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް). މި އެވޯޑު ދެއްވީ ބަނޑޮސް އައިލެންޑް ރިސޯޓުގެ ރެސިޑެންޓް މެނޭޖަރު އިސްމާއިލް ރަޝީދު.

މިހާރު ކުރިއަށް ދަނީ އެވޯޑުގެ ފަނޑިޔާރުކަން ކުރި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރުން.

ގިޔާސްގެ ވާހަކަ ނިންމާލައިފި. އޭނާ ވަނީ ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފަން ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފައި.

ގިޔާސް: ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ހިއްސާ ބޮޑު. ގިނަ ވަޒީފާތަކެއް ވަނީ އުފައްދާފައި.

ގިޔާސް: ޓްރެވަލް އެވޯޑު ވަރަށް ކާމިޔާބު. ބޭރުގެ ފަރާތްތަކުން މި އެވޯޑު މިހާރު ވަނީ ބަލައިގަނެފައި. ބޭރުގެ ފަރާތްތަކުން ނެރޭ ރިޕޯޓުތަކުގައި ވެސް މި އެވޯޑުގެ ވާހަކަ ފާހަގަކޮށްފައިވޭ. މި ފަހަރު މި އެވޯޑު އިތުރަށް ވަރުގަދަ ކުރުމަށް އޮޑިޓް ފާމެއް ކަމަށްވާ ކޭޕީއެމްޖީއާ އެކު ވަނީ އެއްބަސްވުމެއް ހަދާފައި. މިއީ އެންމެ ގިނަ އަދަދެއްގެ ނޮމިނޭޝަން ލިބުނު ފަހަރު.

ގިޔާސް ގެންދަވަނީ މީގެ ކުރިން ބާއްވާފައިވާ ޓްރެވަލް އެވޯޑު ހަފުލާތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން. އޭނާ ވިދާޅުވީ މިހާތަނަށް ވަރަށް ކާމިޔާބު ހަފުލާތަކެއް ބާއްވާފައިވާ ކަމަށް. ހާއްސަކޮށް، ދެވަނަ ފަހަރަށް އޮޅުވެލި ރިސޯޓުގައި މި ހަފުލާ ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމާށް އޭނާ ވިދާޅުވި.

ގިޔާސްގެ ވާހަކައިގެ ތެރެއިން މިހާރު ދަނީ ވީޑިއޯއެއް ދައްކަމުން. މި ވީޑިއޯ އިން ދައްކައިދެނީ މަޓާޓޯ އަށް 10 އަހަރު ފުރުން މި އަހަރު ފާހަގަކުރާއިރު، އެ ޖަމިއްޔާ އިން ހޯދާފައިވާ ކާމިޔާބީތައް.

ލަވައިގެ ރާގު އިއްވާލުމަށް ފަހު މިހާރު ކުރިއަށް ދަނީ މަޓޯޓާގެ ރައީސް އަބްދުﷲ ގިޔާސްގެ ވާހަކަ ދެއްކެވުން.

އޮޅުވެލި ރިސޯޓުގައި ކުރިއަށް ދާ މި ހަފުލާ ފެށުމުގެ ގޮތުން މިހާރު ތައްޔާރުވަމުން އަންނަނީ މި އެވޯޑަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވައެއް ހުށަހަޅައިދިނުމަށް.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމުގެ ހަފުލާ ފަށައިިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ ޓްރެވަލް އެވޯޑްސްގައި މި އަހަރު 35 ކެޓަގަރީ އަށް 246 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

މި އަހަރު އަލަށް ތައާރަފް ކުރާ ފަސް ދާއިރާއަކުން އެވޯޑު ދޭން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކަކީ ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖެވެ.