ކޯޓުތަކުގެ މުވައްޒަފުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ޑީޖޭއޭއިން ހޯދަނީ
ކޯޓުތަކުގެ މުވައްޒަފުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ޑީޖޭއޭއިން ހޯދަނީ

ކޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ފޭސްބުކް އަދި ޓުވިޓާ އެކައުންޓް އައިޑީތައް ބުނެދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފި އެވެ.

ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާންމު މައުލޫމާތުގެ އިތުރުން ފޯން ފޭސްބުކާއި ޓުވިޓާ އެކައުންޓް އައިޑީ ފޮނުވުމަށް އެންގުމުގެ ކުރިން ފަނޑިޔާރުންގެ އެ މައުލޫމާތު ޑީޖޭއޭ އިން ވަނީ ހޯދައިފަ އެވެ.

ޑީޖޭއޭ އިން މި މައުލޫމާތު ހޯދުމަށް އަންގައި ފޮނުވި މެސެޖުގައި ބުނެފައިވަނީ މި މައުލޫމާތު ހޯދަނީ އެތަނުން ކުރަމުން ގެންދާ ހާއްސަ މަސައްކަތަކާ ގުޅިގެން ކަމަށެވެ.

ސޯޝަލް މީޑިއާ އެކައުންޓްތައް ހޯދަން ޑީޖޭއޭ އިން އެދިފައިވާ މެސެޖް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ފަނޑިޔާރުންނާ ގުޅޭ ގޮތުން މި މައުލޫމާތު ހޯދިޔަސް މުވައްޒަފުންގެ މިފަދަ މައުލޫމާތު ހޯދުމާ މެދު މުވައްޒަފުންގެ މެދުގައި ވެސް ކަންބޮޑުވުންތައް އެބަހުރިކަން ވަނީ އެނގިފަ އެވެ.