ގައުމީ ޓީމުގެ ކޮލިފައިން މެޗުތައް ދުބާއީއަށް ބަދަލުކޮށްފި
ގައުމީ ޓީމުގެ ކޮލިފައިން މެޗުތައް ދުބާއީއަށް ބަދަލުކޮށްފި

ރާއްޖެ ހިމެނޭ ގުރޫޕް އޭގެ ކޮލިފައިންގެ ބާކީ މެޗުތައް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ބަދަލުކުރަން ޗައިނާއިން އެއްބަސްވެއްޖެ އެވެ.

މި ގުރޫޕްގެ ބާކީ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު އޭއެފްސީން ޗައިނާއަށް ދިނުމުން، އިއްޔެ ވަނީ ކޮލިފައިންގެ މެޗުތައް ޗައިނާގައި ފަށައިފަ އެވެ. ގުއާމްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗު ޗައިނާއިން ކާމިޔާބު ކުރީ 7-0 އިންނެވެ.

ކޮލިފައިންގެ ބާކީ އޮތް ފަސް މެޗު ދުބާއީއަށް ބަދަލުކުރަން ޗައިނާއިން އެއްބަސްވީ، ރާއްޖޭގެ ޓީމަށާއި ސީރިއާ ގައުމީ ޓީމަށް ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުމުންނެވެ. ރާއްޖެ އާއި ސީރިއާއަށް ޗައިނާއަށް ދަތުރުކުރުމުގެ ހުއްދަ ނުލިބުނީ ދެ ޓީމުން ވެސް ކޮވިޑް ކޭސްތަކެއް ފެނުމުންނެވެ.

ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝަމިސް (ތޮއްޕެ) އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ ދެ ކުޅުންތެރިންގެ ހާލު ރަނގަޅެވެ. ސީރިއާގެ ބައެއް ކުޅުންތެރިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ، މެޗުތައް ދުބާއީއަށް ބަދަލުކުރުމަށް ޗައިނާގެ އެފްއޭ އިން އެއްބަސްވީ، އޭއެފްސީން އެގޮތަށް ހުށަހެޅުމުން ކަަމަށެވެ.

ރިން އޮތް ގޮތުން ޗައިނާ އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ޝެޑިއުލް ކޮށްފައި އޮތީ އަންނަ ބުރާސްފައްޗަށެވެ. ސީރިއާ އާ ދެކޮޅަށް ކުޅޭ މެޗު ތާވަލު ކޮށްފައި އޮތީ އަންނަ ހޯމަ ދުވަހު ކުޅޭ ގޮތަށެވެ. އަދި ގުރޫޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް ނުކުންނަން ހަމަޖެހިފައި އޮތީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.

މެޗުތައް ދުބާއީ އަށް ބަދަލުކުރުމުން، އެ ޝެޑިއުލްއަށް އަމަލު ނުކުރާނެ އެވެ. މެޗުތައް ކުޅޭނެ އާ ތާރީހެއް އޭއެފްސީ އިިއުލާން ކުރާނެ އެވެ.