ގެއްލުނު ލޯބި 65 އަހަރު ފަހުން ލިބި ކައިވެނިކޮށްފި
ގެއްލުނު ލޯބި 65 އަހަރު ފަހުން ލިބި ކައިވެނިކޮށްފި

ހަގީގީ ލޯބިވާ މީހަކު މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ. އަދި ފުރުސަތެއް ލިބިއްޖެ ނަމަ ކޮންމެވެސް ދުވަހަކުން އެ ލޯބި ހާސިލުކުރުމަށް މަސައްކަތް ވެސް ކުރާނެ އެވެ.

ގެއްލުނު ލޯބި 65 އަހަރު ފަހުން ލިބި ކައިވެނިކޮށްފި
ގެއްލުނު ލޯބި 65 އަހަރު ފަހުން ލިބި ކައިވެނިކޮށްފި

މީގެ 65 އަހަރު ކުރިން، އިނގިރޭސި ވިލާތުގެ ޑޭވިޑް މޯކްސް އާއި ހެލެން އެންދްރޭ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި އެވެ. އަދި ހެލެންގެ ކައިވެންޏަށް ޑޭވިޑް އެދުނެވެ. ނަމަވެސް ހެލެންގެ މައިންބަފައިން އެކަމާ ދެކޮޅު ހެދީ އެވެ. ސަބަބަކީ ޑޭވިޑް އަކީ އާޓިސްޓަކަށް ވާތީ އެވެ.

މައިންބަފައިންގެ ނުރުހުމުގެ ސަބަބުން ހެލަން އާއި ޑޭވިޑް ވަކިވާން މަޖްބޫރުވީ އެވެ. ކިތަންމެ ލޯބިވިޔަސް ގިނަ ދުވަސްތަކަކަށް ގުޅުން ކެނޑިގެން ދިއުމުގެ ސަބަބުން ދެ މީހުން ވެސް ހަޔާތުގެ ބައިވެރިންގެ ގޮތުގައި އެހެން ބަޔަކު ޚިޔާރުކޮށް ޒަވާޖީ ހަޔާތެއް ފެށި އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކައިވެނީގެ ދެމިތިއްބެވެ.

ދެ މީހުންގެ ވެސް ބައިވެރިން މަރުވެ ހުސްހަށިބައިވެ ފުރުސަތު ތަނަވަސް ވުމުން ނޮވެމްބަރު 11 ވަނަ ދުވަހު ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ.

ޑޭވިޑް ބުނަނީ ކިތަންމެ ޒަމާނެއް ވިޔަސް ހެލަން އަށް އޭނާގެ ހިތުގައި އޮތް ލޯތްބަށް ފަނޑުކަމެއް ނާންނަ ކަމަށެވެ. އެހެންކަމުން ދެ މީހުން އަލުން ބައްދަލުވުމުން އުމުރުން ދުވަސްވެފައި ތިއްބަސް ހަޔާތުގައި ބާކީ ބައި އެކުގައި ހޭދަކޮށްލުމުގެ އުންމީދުގައި ކައިވެނި ކުރީ އެވެ.

ދެ މީހުން ވަކިވީތާ އެތައް އަހަރެއް ފަހުން ހެލަން އަށް ޑޭވިޑާ ބައްދަލުވެވޭގޮތްވީ ޑޭވިޑްގެ ފިރިހެން ދަރިފުޅު އެޑްރިއަން، 57، ތައްޔާރުކޮށްފައިވާ ސްކަލްޕްޗާއެއް ފެނިގެންނެވެ. މީތި ހުރީ ޑޭވިޑާއި ހެލަން ފުރަތަމަ ބައްދަލުވި އަވަށުގަ އެވެ.

ހެލަން ދެ ވަނަ ފަހަރަށް ޑޭވިޑް ހޯދިއިރު ޑޭވިޑްގެ އަންހެނުން ދުނިޔޭގައި ހުއްޓެވެ. ނަމަވެސް ދެ މީހުން ބައްދަލުވީތާ 18 މަސް ދުވަސް ފަހުން ޑޭވިޑްގެ އަންހެނުން ވަނީ މަރުވެފަ އެވެ. އޭރުވެސް ހެލަން ހުރީ ހުސްކޮށެވެ.

"ޓީންއޭޖްގެ އަންހެންކުއްޖެއްގެ އިހްސާސް މިހާރު އަހަންނަށް ކުރެވެނީ. ހަމަ ހަގީގަތުގައި ވެސް އެއްވެސްކަމެއް ބަދަލުނުވާހެން ހީވަނީ،" ހެލަން ބުނެފައިވެ އެވެ.