ލައިޕްޒިގްގެ ކޮނާޓޭ ލިވަޕޫލަށް
ލައިޕްޒިގްގެ ކޮނާޓޭ ލިވަޕޫލަށް

ލަންޑަން (28 މެއި) - ޖަރުމަންގެ އާރްބީ ލައިޕްޒިގަށް ކުޅެމުންދިޔަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމް ކޮނާޓޭ ލިވަޕޫލަށް ބަދަލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ކޮނާޓޭ ލިވަޕޫލަށް ބަދަލުވީ 50 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ. ލިވަޕޫލުން ބުނީ ކޮނާޓޭ އެ ޓީމާ ގުޅުނީ "ދިގު މުއްދަތެއްގެ ކޮންޓުރެކްޓެެއް"ގެ ދަށުން ކަމަށެވެ.

"ލިވަޕޫލް ކަހަލަ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުނީމަ ވަރަށް އުފާވެއްޖެ،" ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޮނާޓޭ ،22، ބުންޏެވެ.

ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައިވާ ކޮނަޓޭ އަކީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ލިވަޕޫލުން އާ ޑިފެންޑަރެއް ހޯދިއިރު، މި ސީޒަންގައި އެ ޓީމުގެ ގިނަ ޑިފެންޑަރުންތަކަކަށް އަނިޔާވެ، ކޯޗު ޔާގަން ކްލޮޕަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ.

ކްލޮޕް ބުނީ ކޮނާޓޭ އަކީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ.

"ކޮނާޓޭ އަކީ ވަރަށް ކުރިންސުރެ އަހަންނަށް ވަރަށް ކަމުދާ ކުޅުންތެރިއެއް. އެ ފެންވަރުގެ ކުޅުންތެރިއެއް ލިބުނީމަ ވަރަށް ހިތްހަމަޖެހިއްޖެ،" ކްލޮޕް ބުންޏެވެ. "މި ސީޒަންގައި ލިވަޕޫލްގެ ޑިފެންސައިންގައި ދިމާވި މައްސަލަތަކާއެކު، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޑިފެންސް ވަރުގަދަކުރަން."

ފްރާންސްގެ ސޮޝޯގެ ޔޫތު އެކެޑަމީން ނިިކުތް ކޮނާޓޭ ވަނީ ލައިޕްޒިގްގައި ހަތަރު އަހަރު ހޭދަކޮށްފަ އެވެ. -- އޭއެފްޕީ