ރޫލީ: އެންމެ ސޭވްއަކުން ލެޖެންޑަކަށްވީ ކީޕަރު
ރޫލީ: އެންމެ ސޭވްއަކުން ލެޖެންޑަކަށްވީ ކީޕަރު

ވެލެންސިއާ - (28 މެއި) - ވިޔަރެއާލްގެ 98 އަހަރުވީ ތާރީހްގައި އެ ކްލަބު ގިނައިން ހޭދަކުރީ ސްޕެއިންގެ ދަށް ޑިވިޝަންތަކުގަ އެވެ. އެންމެ މަތީ ޑިވިޝަން، ލަ ލީގާއަށް އެ ކްލަބު ޕްރޮމޯޓްވީ 1998 ގަ އެވެ. އޭގެ ފަހުން 2012 ގައި ރެލިގޭޓްވި ނަމަވެސް އެއް އަހަރުގެ މެދުކަނޑުމަކަށް ފަހު އަލުން ޕްރޮމޯޓްވި އެވެ. ރެލިގޭޝަނުން ޔޫރަޕްގެ ޗެމްޕިއަނެއް ކަމަށް އެ ޓީމު ވީ، ނުވަ އަހަރު ތެރޭގަ އެވެ.

ރޫލީ: އެންމެ ސޭވްއަކުން ލެޖެންޑަކަށްވީ ކީޕަރު
ރޫލީ: އެންމެ ސޭވްއަކުން ލެޖެންޑަކަށްވީ ކީޕަރު

ބުދަ ދުވަހުގެ ރޭ ހޯދި ޔޫރޮޕާ ލީގަކީ، އެ ކްލަބުގެ ތާރީހްގައި ހޯދި ފުރަތަމަ ބޮޑު ތައްޓެވެ. ބޮޑެތި ކާމިޔާބީތައް މީގެ ކުރިން ލިބިފައި ނެތުމުން ޓީމުގައި ލެޖެންޑްރީ ނަންތައް މަދެވެ. އެ ލިސްޓަށް މިހާރު އިތުރުވި ނަމަކީ، މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔޫރޮޕާ ލީގު އެ ޓީމަށް ހޯދައިދިން އާޖެންޓީނާގެ ކީޕަރު ޖެރަރީމޯ ރޫލީ އެވެ.

ރޫލީ: އެންމެ ސޭވްއަކުން ލެޖެންޑަކަށްވީ ކީޕަރު
ރޫލީ: އެންމެ ސޭވްއަކުން ލެޖެންޑަކަށްވީ ކީޕަރު

ރޫލީ، ކްލަބުގެ ލެޖެންޑެއްގެ ދަރަޖައަށް ވާސީލުވީ އެންމެ ސޭވަކުންނެވެ. މެޗު 1-1 ން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި ޖެހި 21 ޕެނަލްޓީގެ ތެރެއިން އެންމެ ހާއްސަވަނީ ވެސް ރޫލީ އާ ގުޅިފައިވާ ދެ ޕެނަލްޓީ އެވެ.

ވިޔަރެއާލްގެ 11 ވަނަ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު، ރޫލީ އަލުން ގޯލަށް ދިޔައީ ޔުނައިޓެޑްގެ 11 ވަނަ ޕެނަލްޓީ ޖަހަން ދިޔަ ކީޕަރު ޑޭވިޑް ޑެހެއާގެ ޕެނަލްޓީ ދިފާއުކުރާށެވެ. ރޫލީއަށް ބޯޅައިގެ މިސްރާބު އޮޅުވާލައި ގޯލް ކާމިޔާބު ކުރަން ޑެހެއާ ޕެނަލްޓީ ފޮނުވާލީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ރޫލީ ވަނީ ބޯޅައިގެ މިސްރަބު ދެނެގަނެ ޑެހެއާގެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. އެ ސޭވުން ވިޔަރެއާލް އެ ޓީމުގެ ތާރީހްގައި ޓޮޕް މުބާރާތަކުން ފުރަތަމަ ތަށި ކާމިޔާބުކުރި އެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ކީޕަރު ޔޫރަޕްގައި އޭނާގެ ކެރިއާ ހޭދަކުރީ އެއް ކުލަބުން އަނެއް ކްލަބަށް ބަދަލު ވަމުންނެވެ. ވިޔަރެއާލުން އޭނާ ލައްވައި ސޮއިކުރުވީ ވެސް ރެއާލް ސޮސިއެޑާޑްގެ ލޯނެއްގެ ދަށުން ފްރާންސްގެ މޮންޓްޕިއެލީއާއަށް ކުޅެމުން ދަނިކޮށެވެ. ސޮސިއެޑާޑަށް ވެސް އެންމެ ފުރަތަމަ އޭނާ ބަދަލުވީ ސިޓީގެ ލޯނެއްގެ ދަށުންނެވެ.

ކައިރިކައިރީގައި ގިނަ ކްލަބުތަކަށް ބަދަލުވެފައި ވުމުން، އެއްވެސް ކްލަބެއްގައި އޭނާއަށް ނަމެއް ކްރިއޭޓް ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ޕޮލެންޑްގެ ގްޑާންސްކްގެ މުނިސިޕަލް ސްޓޭޑިއަމްގައި އެންމެ ރެއަކުން، ވިޔަރެއާލްގެ ލެޖެންޑަކަށް ރޫލީ ވެ ނިމިއްޖެ އެވެ.

އޭނާގެ ސޭވުން ވިޔަރެއާލްއަށް ތަށި ކާމިޔާބު ވުމުން، ޔޫއެފާ ސުޕަ ކަޕްގެ މެޗަށް ވިޔަރެއާލް ވަނީ ކޮލިފައި ވެފަ އެވެ. އަދި އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމު ވާދަކުރާނެ އެވެ.