ކޮވިޑްގައި މިއަދު ދެވަނަ މީހަކު މަރުވެ، ޖުމްލަ 150 އަށް
ކޮވިޑްގައި މިއަދު ދެވަނަ މީހަކު މަރުވެ، ޖުމްލަ 150 އަށް

ކޮވިޑް-19 ޖެހިގެން މިއަދު ދެ ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 7:55 ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށާއި އަދި އޭނާ ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓީވްވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި މި ބަލީގައި މަރުވި 150 ވަނަ މީހާ އެވެ.

މިއަދު ފުރަތަމަ މަރުވީ ރޭ ދަންވަރު 2:40 ހާއިރު ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަރާއެކު މި މަހު މަރުވި މީހުންގެ އަދަދު މީހާރު ވަނީ 77 އަށް އަރައިފަ އެވެ. ކޮވިޑް ފެތުރެން ފެށިފަހުން މިއީ އެންމެ ގިނަ މީހުން މަރުވި މަހެވެ.

ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުން، އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ކާފިއު 16 ގަޑިއިރަށް އިތުރުކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ އިއްޔެ އިން ފެށިގެން މަގުމަތީގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.