ފަލަސްތީނަކީ އިޒްރޭލުން ހިފާފައިވާ ބިމެއް: އަޔަލޭންޑް
ފަލަސްތީނަކީ އިޒްރޭލުން ހިފާފައިވާ ބިމެއް: އަޔަލޭންޑް

ފަލަސްތީނަކީ، އިޒްރޭލުން ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތި، އަމިއްލަ ބާރުގައި ހިފާފައިވާ ބިމެއް ކަމަށް، އަޔަލޭންޑުން އިއުތިރާފް ވެއްޖެ އެވެ.

ފަލަސްތީނަކީ އިޒްރޭލުން ހިފާފައިވާ ބިމެއް: އަޔަލޭންޑް
ފަލަސްތީނަކީ އިޒްރޭލުން ހިފާފައިވާ ބިމެއް: އަޔަލޭންޑް

އަޔަލޭންޑު ސަރުކާރުން މިކަމަށް އިއުތިރާފްވީ، ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފުން ކުށްވެރިކޮށް، އަޔަލޭންޑުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ތާއީދުކުރަމުންނެވެ. މިއީ، ފަލަސްތީނުގެ ބިމުގެ ހާލަތު ބަޔާންކޮށްދިނުމުގެ ގޮތުން، ޔޫރަޕުގެ ގައުމަކުން އެ އިބާރާތް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ފަލަސްތީނަކީ އިޒްރޭލުން ހިފާފައިވާ ބިމެއް: އަޔަލޭންޑް
ފަލަސްތީނަކީ އިޒްރޭލުން ހިފާފައިވާ ބިމެއް: އަޔަލޭންޑް

އަޔަލޭންޑުގެ ހާރިޖީ ވަޒީރު ސިމޯން ކޮވެނީ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް އެ ކުއްލި މައްސަލަ ހުށަހެޅީ، އިދިކޮޅު ޝިން ފޭން ޕާޓީގެ ފަރާތުންނެވެ. އަދި މި ހުށަހެޅުމަކީ، ފަލަސްތީނު މައްސަލައިގައި މުޅި އަޔަލޭންޑްގެ އިހްސާސްތައް ހުރި ފުންމިން ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ހިފާފައިވާ ބިންތަކުގައި ހިނގާ ކަންކަމުގެ ހަގީގަތާ މެދު އިހުލާސްތެރިވާންޖެހޭ ހިސާބަކަށް އަހަރެމެން މި ގެނެސްދިނީ، އެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރުކުރަމުންދާ ފުޅާމިނާއި ހަލުވިމިން އަދި އެކަމުގެ ސްޓްރެޓީޖީ ހާލަތާއި، އެކަން ކުރުމުގެ ފަހަތުގައިވާ މަގްސަދު" ކަމަށެވެ.

"ހަގީގަތުގައިވެސް އެއީ (އިޒްރޭލުން) އަމިއްލައަށް ބާރުގެ ދަށަށް ގެންގޮސްފައި އޮތް ބިމެއް،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ކޮވެނީ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު ވެސް، އަދި އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލީހުން ވެސް، އާދައިގެ ގޮތެއްގައި ބުނެލޭ ވާހަކަތަކެއް ނޫން. އަހަރެމެންނަކީ، ޔޫރަޕްގެ ގައުމުތަކުން މިކަން ކުރާ އެންމެ ފުރަތަމަ ގައުމު. އެހެން ނަމަވެސް، މިވާހަކަތަކުން އެނގެނީ، އެމީހުންގެ އަމަލުތަކާއި އެމީހުންގެ މަގްސަދާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައިވާ ކަންބޮޑުވުން."

މި ކުއްލި މައްސަލަ ގާނޫނު ހަދާ މަޖިލީހުން ފާސްވެއްޖެ ނަމަ، އަޔަލޭންޑްގައި ހުންނަވާ އިޒްރޭލުގެ ސަފީރު އެ ގައުމުން ބޭރުކޮށް، އިޒްރޭލާ ދެކޮޅަށް، އިގްތިސާދީ، ސިޔާސީ އަދި ސަގާފީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން، އަޔަލޭންޑް ސަރުކާރަށް މަޖުބޫރުވާނެ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތައް ގަބޫލުކުރާ ގޮތުގައި 1967ގެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ އަރަބިންގެ ބިންތަކުގައި، ޔަހޫދީން ވަޒަންވެރިކުރުމަށް އިޒްރޭލުން ހަދަމުންދާ އާބާދީތަކަކީ ގާނޫނާ ޚިލާފަށް ކުރަމުންދާ ކަމެކެވެ. އަދި އެއީ ފަލަސްތީނާ އެކު ސުލްހަ ގާއިމުކުރުމަށް ކުރިމަތިވާ ވަރަށް ބޮޑު ހުރަހެކެވެ.

މި މައްސަލައިގެ ބަހުސް ކުރިއަށް ދިޔައިރު، އަޔަލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ތިއްބެވީ، ފަލަސްތީނުގެ ދިދަ ކުރަހާފައިވާ މާސްކް އަޅުއްވައިގެންނެވެ. އަދި ބައެއް މެމްބަރުން ތިއްބެވީ، ފަލަސްތީނު ފިރިހެނުން ބޮލުގައި އަޅާ ކާފިޔާގެ ކުރެހުންތައް ކުރަހާފައިވާ މާސްކް އަޅުއްވައިގެންނެވެ.

މި މައްސަލައިގައި ބަހުސް ކުރެއްވުމުގެ ކުރިން، އެ މައްސަލައިގެ އިބާރާތަށް، ހަމާސް އިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތައް ކުށްވެރިކުރާނެ އިބާރާތެއް އިތުރުކުރަން، ހާރިޖީ ވަޒީރު ބޭނުންފުޅުވި އެވެ. ނަމަވެސް މައްސަލަ ހުށަހެޅި ޝިން ފޭން ޕާޓީން އެކަމަށް އިދިކޮޅު ހެދީ އެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 253 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 17،000 އަށް ވުރެ ގިނަ ގެ ވަނީ ދިރިނުއުޅުވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން 14،500 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޮފީސްތަކާއި އެޕާޓްމަންޓްތައް ހުންނަ އެތައް ޓަވަރެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. މީގެ ސަބަބުން، 70 ހާހަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ، ބޯހިޔާވަހި ކަމެއް ނެތި މަގުމަތި ވެފަ އެވެ.