27 މެއި 2021 - 12:10

ޕެރިސް (27 މެއި) - ނޫސްވެރިންގެ ސުވާލުތައް ހުންނަ ގޮތުން ނަފުސާނީ ގޮތުން އަސަރުކުރާ ކަމަށް ބުނެ، ޖަޕާންގެ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ ފްރެންޗް އޯޕަންގެ ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކޮށްފި އެވެ.
މިއަދު ފަށަން ހަމަޖެހިފައިވާ، ފްރެންޗް އޯޕަންގެ އަންހެން ޑިވިޝަންގައި، ދުނިޔޭގެ ދެ ވަނަ ޓެނިސް ކުޅުންތެރިޔާ އޮސާކާ ވާދަ ކުރާނެ އެވެ. އޭނާ ބުނީ މެޗުގެ ފަހުން އޮންނަ ޕޯސްޓް ޕްރެސްތަކުގައި، ކުޅުންތެރިޔާ އުނދަގޫ ހާލަތެއްގައި ހުންނައިރު އިތުރަށް އެ ކުޅުންތެރިޔަކު އަނޑިގަނޑަކަށް ވައްޓާލާ ކަމަށެވެ.
ޕްރެސް ބޮއިކޮޓް ކުރުމުން އޭނާއަށް ޖޫރިމަނާއެއް އަންނާނެ އެވެ. އޭނާ ބުނީ ޖޫރިމަނާ ފައިސާ މެންޓަލް ހެލްތަށް މަސައްކަތްކުރާ ޗެރިޓީއަށް އޭނާ ހަދިޔާ ކުރާނެ ކަމަށެވެ. އޭނާ ބުނީ އެތުލީޓުންގެ މެންޓަލް ހެލްތާ މެދު ނޫސްވެރިން ނުވިސްނާ ކަމަށެވެ.
"ސުވާލުތައް އެބަ އަހާ ތަކުރާރުކޮށް އެތައް ފަހަރަކު ކޮށްފަ ހުންނަ ސުވާލުތައްވެސް އަދި އެ ކަމަކާ މެދު އަހަރެމެންގެ ހިތުގައި ވެސް ސުވާލު އުފެދޭ ސުވާލުތައް ވެސް އެބަ ކުރޭ،" ސޯޝަލް މީޑީއާގައި އޮސާކާ ލިޔެފައިވެ އެވެ. "އަހަންނާ މެދު ޝައްކު އުފެދިފައިވާ މީހުންނާ އަހަރެން ކުރިމައްޗެއް ނުލާނަން."
އެންމެ ފަހުން ބޭއްވި އިޓާލިިިއަން އޯޕަން ޓެނިސް މުބާރާތުގެ ޕްރީ ޓޯނަމެންޓް ޕްރެސްގައި އޮސްކާއާ ނޫސްވެރިން އެންމެ ގިނައިން ސުވާލު ކުރީ، އޭނާގެ އަމިއްލަ ގައުމު ޖަޕާންގައި ބާއްވާ އޮލިމްޕިކްސް ބޭއްވޭނެތޯ އާ މެދުގަ އެވެ.
އޮސާކާ ބުނީ، މީޑިއާ އާ މެދު އޭނާގެ ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.