27 މެއި 2021 - 10:37

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ރޭ ދަންވަރު 2:41 ގައި މަރުވީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
މި މަރާއެެކު، ކޮވިޑަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި މަރުވި މީހުންގެ ޖުމުލަ އަދަދު 149 އަށް އެރީ އެވެ. މި މަހު އެކަނިވެސް 76 މީހަކު އެ ބަލީގައި މަރުވެފައި ވާއިރު، މިއީ އެއް މަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު މަރުވި ފަހަރެވެ.
ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުން، އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ކާފިއު 16 ގަޑިއިރަށް އިތުރުކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ އިއްޔެ އިން ފެށިގެން މަގުމަތީގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.