އަނެއްކާވެސް ކޮވިޑްގެ މަރެއް، ޖުމްލަ 148
އަނެއްކާވެސް ކޮވިޑްގެ މަރެއް، ޖުމްލަ 148

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އިތުރު މީހަކު ރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 71 އަހަރުގެ ފިރިހެނަކު ރޭ 10:30 ހާއިރު ވަނީ މަރުވެފަ އެވެ.

މިއީ އިއްޔެ މަރުވި ހަތަރު ވަނަ މީހާ އެވެ. އިއްޔެ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ތިން މީހުންނާއި އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ވެސް މަރުވި އެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 148 އަށް އެރީ އެވެ. އަދި މި މަހުގެ މަރުވި މީހުންގެ އަދަދު 75 އަށް އެރީ އެވެ. މިއީ ރިކޯޑު އަދަދެކެވެ. ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެއްް މަހުގެ ތެރޭގައި މީގެ ކުރިން އެހާ ގިނަ ބަޔަކު މަރުވެފައެއް ނުވެ އެވެ.