ގާޑިއަލެއްގައި ޖެހުނު ސައިކަލަކުން ވެއްޓި މީހަކު މަރުވެއްޖެ
ގާޑިއަލެއްގައި ޖެހުނު ސައިކަލަކުން ވެއްޓި މީހަކު މަރުވެއްޖެ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިރޭ 10:00 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވީ ސައިކަލްގެ ފަހަތުގައި އިން މީހާ އެވެ. އޭނާ މަރުވީ އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ވުމާ އެކު، ސައިކަލް ދުއްވި މީހާ އެ ސަރަހައްދުން ފިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހިއްސާއެއް ނުކުރެ އެވެ. އެކަމަކު އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.