ނައިބް ރައީސް ފައިސަލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ނައިބް ރައީސް ފައިސަލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނައިބް ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އެ ބައްޔަށް ނައިބް ރައީސް ޕޮޒިޓިވްވުމާ އެކު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެންނެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ނައިބް ރައީސް ކޮވިޑަށް ޕޮޒިޓިވްވިއިރު އެމަނިކުފާނު ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިގެންނެވެ.

މާލޭ ސަރަހައްދުގައި ހަލުވިިކަމާ އެކު ކޮވިޑް ފެތުރެމުންދާއިރު، ބަލި ޖެހޭ މީހުންގެ އަދަދުތައް ވެސް ރިކޯޑް އަދަދަކަށް އިތުރުވެފައިވެ އެވެ. އެކަމަކު ހަފްތާއެއް ފަހުން، އިއްޔެ ވަނީ މާލޭގެ ކޮވިޑްގެ ކޭސްތައް 1000 އިން ދަށް ކުރެވިފަ އެވެ.

ބަލި ކޮންޓްރޯލްކުރުމަށް މިވަގުތު މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތްއިރު އޭގެ ނަތީޖާ ކުރިއަށް އޮތް ދެ ހަފްތާ ފަހުން ފެންނާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.