26 މެއި 2021 - 20:39

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިރޭ 7:21 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 147 ވަނަ މީހާ އެވެ. އަދި މި މަހު މަރުވި 74 މީހާ އެވެ.
މިއަދު ވަނީ އިތުރު ދެ މީހަކު މަަރުވެފަ އެވެ. އެއީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 91 އަހަރުގެ ފިރިހެނަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކެވެ.
ކޮވިޑްގައި މަރުވާ މީހުންގެ އަދަަދުތައް ވެސް ރިކޯޑް އަދަދަކަށް އިތުރުވަމުން އަންނައިރު ބަލި ޖެހޭ މީހުންގެ އަދަދު ވެސް ރިކޯޑު އަދަދަކަށް އިތުރެވެ. މިހެންވެ، ބަލި ކޮންޓްރޯލްކުރުމަށް މާލޭ ސަރަހައްދު ލޮކްޑައުންކޮށް މޮނިޓަރިން އަށް ލާފައިވާ ރަށްރަށުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.