26 މެއި 2021 - 17:04

ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު ފަހު 2:35 ހާއިރު މަރުވީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑްގައި މަރުވެފައިވާ ކަމަށެވެ.
މިއީ މިއަދު ކޮވިޑްގައި މަރުވި ދެވަނަ މީހާ އެވެ. މިއަދު ހެނދުނު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ ފިރިހެނަކު ވެސް މަރުވެފައިވެ އެވެ.
މިއާ އެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 146 އަށް އަރާފައިވާއިރު މިއީ މިމަހު ކޮވިޑްގައި މަރުވި 73 ވަނަ މީހާ އެވެ. މިއީ އެއް މަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑްގައި މަރުވި މަހެވެ.