27 މެއި 2021 - 07:12

ކޮވިޑް-19ގެ ލޮކްޑައުން ތެރޭގައި ބަންދުވެ އެއް ތަނެއްގައި ތިބެން ޖެހުނަސް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ލިބޭ ހުސް ވަގުތު ފުރާނެ ގޮތެއް ނޭނގުމެވެ. މި ބަންދުގައި އެންމެ ރަނގަޅު އެއް ކަމަކަށް ވާނީ ހަށިގަނޑު ދުޅަހެޔޮކޮށްލަން ކަސްރަތުކުރަން ވަގުތު ނުވި މީހުން އެކަމައިގެން އުޅުމަށެވެ.
ސޯޝަލް މީޑިއާ އިން ފާޑުފާޑުގެ ކާނާތަކުގެ ފޮޓޯ ފެނި އެޔަށް ދަހިވެގެން ކެއިންބުއިމުގައި މުޅި ދުވަސް ހޭދަކޮށް އަދި ފިލްމާއި ސީރީޒްތައް ބަލަން ކަންނެތްވެފައި އޮވެގެން ސިފަ ގެއްލުވައިލުމަށް ވުރެ ކަސްރަތު މާ ރަނގަޅުވާނެ އެވެ.
މި ބުނި ކަންކަން ކުރިޔަސް ކޮންމެ ދުވަހަކު ވެސް ކަސްރަތަށް ގަޑިއެއްހާއިރު ހޭދަކޮށްލާށެވެ. އެއް ގަޑިއިރުގެ ވޯކައުޓަކުން ވެސް ހަށިގަނޑު ރީތިކޮށް ބައްޓަން ކޮށްލަން އެހީތެރިވެދޭނެ އެވެ.
ކަސްރަތުކުރާ މީހުންނަށް، "ޖެންޓްލްމެން" ވެބްސައިޓުގައި މޮޑެލް ޖޭމްސް ޔޭޓްސް ކިޔައިދީފައިވާ މި ކަސްރަތުތައް ވަރަށް ފަސޭހަވާނެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި މިއީ ދުވާލަކު އެއްގަޑި އިރަށް ފިޓުވާގޮތަށް މުޅި ދުވަހަށް ބަހާލާފައިވާ ކަސްރަތުތަކެކެވެ. އެއީ ޖުމްލަ ފަސް ވޯކައުޓެވެ. މި ވޯކްއައުޓްތަކުގައި، ކޮންމެ މިނެޓަކަށް ވޯކައުޓެއް ހަދާއިރު، ހަ ވަނަ މިނެޓަކީ ބްރޭކެއް ނަގަންޖެހޭ ވަގުތުކޮޅު ކަމަށް އޭނާ ބުނެފައިވެ އެވެ. މިގޮތަށް މި ފަސް ވޯކްއައުޓް ދިހަ ފަހަރަށް ހެދޭއިރު ހުންނާނީ އެއްގަޑިއިރު ހަމަ ވެފަ އެވެ.
ފުރަތަމަ މިނެޓް: (10 ބާޕީސް)
ދެވަނަ މިނެޓް: ( 20 ސްކޮޓްސް)
ތިންވަނަ މިނެޓް: (15 ޕުޝަޕްސް)
ހަތަރުވަނަ މިނެޓު: (20 ޖަންޕިން ލަންޖެސް- ކޮންމެ ފަރާތަކަށް ވެސް 10)
ފަސްވަނަ މިނެޓް: (30 ސުކުންތުގެ މައުންޓެއިން ކްލައިމްބާސް)
ހަވަނަ މިނެޓު: އެއްމިނެޓުގެ ރެސްޓް