26 މެއި 2021 - 11:26

ކޮވިޑް-19 ގައި އައްޑޫން އަނެއްކާ ވެސް މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 10:20 ހާއިރު މަރުވެފައި ވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ހުޅުމީދޫ މީހެއް ކަމަށް އެނގިފައިވެ އެވެ.
ކޮވިޑް ބަލީގައި އައްޑޫން މީހަކު ފުރަތަމަ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު މަރުވެފައި ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާ އެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު މިއީ މިމަހު ކޮވިޑްގައި މަރުވި 72 ވަނަ މީހާ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވެ، މާލޭ ސަރަހައްދު ލޮކްޑައުންކޮށް މޮނިޓަރިންގައި އޮތް ހުރިހާ ރަށްރަށުގައި މިއަދުން ފެށިގެން ކާފިއު ހިންގާނެ އެވެ.