25 މެއި 2021 - 22:32

ނަސީމް: މިހާރު ކޮވިޑް މި ފެތުރެނީ ކުރިން ފެތުރޭހެނެއް ނޫން. ކުރިން ގެއެއްގައި އެކަކު ޕޮޒިޓިވް ވިޔަސް އެހެން މީހުން ސަލާމަތް ވޭ. އެކަމަކު މިހާރު ފެތުރެމުން މިދަނީ ގޭގެ އެކަކު ޕޮޒިޓިވް ވިޔަސް އެ ގޭގެ އެންމެން ޕޮޒިޓިވްވާ ގޮތަށް.

ޑރ. ނަޒްްލާ: ހުޅުމާލޭ ފެސިލިޓީގައި ވަރަށް ދަތިތަކާ އެބަ ކުރިމަތިވޭ. މި ވަގުތު ހުޅުމާލޭ އައިސީޔޫގައި 11 އެނދު ހުއްޓަސް ފަސް މީހުން އެ ބޭނުންކުރަނީ. އެހެން އެ ވަނީ ހިއުމަން ރިސޯސް ދަތިކަމާ ހެދި. މިގޮތަށް ދަންޏާ ހަގީގަތުގައި މަރުގެ ރޭޓް މިއަށް ވުރެ މައްޗަށް ހަމަ ހިނގައިދާނެ.
ރައީސް: މިކަމުގައި ސަރުކާރު ފެއިލް ވެއްޖެ ކަމަކަށް އަޅުގަނޑު ނުދެކެން. މިހާރު އަންދާޒާ ކުރާ ގޮތުން އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖިއްޔާ 21.28 ޕަސެންޓާ ހަމައަށް އިގްތިސާދު މައްޗަށް ދާނެ. މި ކުރެވޭ މަސައްކަތްތަކާ އެކު ޖުލައި މަހުގެ ތެރޭގައި މިކަމުން އަރައިގަންނާނެ.
ރައީސް: ކޮވިޑަށް ތައްޔާރުވަމުން އައީ އަންދާޒާތަކެއްގެ މައްޗަށް ބިނާކޮށް. ފެސިލިޓީތައް ފުރިގެން ނުކަތާ ވަރަކަށް މައްޗަކަށް ނުދޭ. މީގައި ދަތިވަނީ ހިއުމަން ރިސޯސް. ހުޅުމާލޭ ފެސިލިޓީ އަށް ބަލާއިރު 116 ނަރުހުން މަސައްކަތް ކުރަނީ. ލަފާ ދީފައި އޮތީ ކޮންމެ ބަލި 10 މީހަކަށް ނަރުހެއް ހުންނަ ގޮތަށް. ބަލި 20 މީހަކަށް ޑޮކްޓަރެއް ހުންނަ ގޮތަށް. އެކަމަކު އެތާނގައި ވެސް ދަތިތަކެއް ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ނަސީމް: ޖޫންގެ މެދެއްހާ ހިސާބުގައި ބޭރުން މީހުން ގެނެވޭނެ ކަމަށް މި ބަލަނީ. އަދި މި ސަރަހައްދުގެ އިތުރުން އެހެން ހިސާބުތަކުން ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބޭތޯ އެބަ ބަލަން.
ރައީސް: ބޭރުގެ ހިއުމަން ރިސޯސް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދަނީ. އިންޑިޔާ ވެސް އަދި ބަންގްލަދޭޝް އަށް ވެސް އަޅުގަނޑުމެން ވާނީ އެހީ އަށް އެދިފައި. އަވައްޓެރި ގައުމުތަކުން 100 ނަރުހުންްނާއި 40 ޑޮކްޓަރުން ލިބޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ.
މިނިސްޓަރު ނަސީމް: ރަޝިޔާ ވެކްސިންގެ އެގްރިމެންޓް މިހާރު މި ވަނީ ލިބިފައި. އެޓާނީ ޖެނެރަލް އަށް ފެނިވަޑައިގަންނަވާ ބައި މިހާރު ވާނީ އެ ފަރާތަށް ފޮނުވާފައި. މިހާރު ހަމަޖެހިފައި އޮތް ގޮތުން، އެގްރިމެންޓްގައި ސޮއިކުރާތާ ހަތަރު ހަފުތާގެ ތެރޭގައި ފޮނުވަން ޖެހޭނެ.
އެސްޓްރާޒެނެކާ، ކްލިއާ ކުރުމުގެ ކަންކަން ވަނީ ހަވާލުކޮޮށްފައި. އެކަމަކު އެ ޝިޕްް ނުކުރެވިފައި އޮތީ. ކުރިން އޮތީ ޖޫންގެ ކުރީކޮޅު އެ ލިބޭ ގޮތަށް. މިހާރު ލަފައެއް ނުކުރެވޭ ޖޫންގެ ކުރީކޮޅު ލިބޭނެ ކަމަކަށް. އެކަމަކު ޖޫންގެ ފަހުކޮޅު ލިބޭނެ.
ރައީސް: ވެކްސިންތައް ނުލިބި ލަސްވަމުން ދަނީ ޑެލިވަރީ ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން. ތިޔަބޭފުޅުން ގަބޫލުކުރައްވަންވީ ކަމަކީ، ދުނިޔޭގައި މިހާރު ވެސް ގިނައީ އެންމެ ޑޯޒެއް ވެސް ނުލިބޭ މީހުން ކަން. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި މިހާރު ވެސް 60 ޕަސެންޓަށް ވުރެ މަތި އެއް ޑޯޒް ދެވިފައި ތިބި މީހުން.
ރައީސް: މި ހާލަތުން އަރައިގަތުމަށް ފިނޭންސާ ގުޅިގެން މަސައްކަތްކޮށްގެން މިދިޔަ އަހަރު ވަނީ 1.34 ބިލިއަން ޑޮލަރު ހޯދައިފައި. އެހީގެ ގޮތުގައި 872 މިލިއަން ޑޮލަރު ވަނީ ލިބިފައި. މިދިޔަ އަހަރުގެ ދަތި އުނދަގުލުން އަރައިގަނެވުނީ ކުރެވުނު ވަރަށް ބުރަ މަސައްކަތުން. މި އަހަރުގެ ތެރޭގައި ވެސް ސުކޫކު ވިއްކައިގެން 300 މިލިއަން ޑޮލަރު ވަނީ ލިބިފައި. އަންނަ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ 200 މިލިއަން ޑޮލަރުގެ ލޯނެއް މިހާރު ވަނީ ދައްކައިފައި. ކުރިއަށް އޮތް ތާނގައި ވެސް ދަތިނުވެ މިކަމުން އަރައިގަނެވޭނެ.
މިނިސްޓަރު ނަސީމް: ޗައިނާ ވެކްސިން ވިޔަސް، އަޅުގަނޑު ދަންނަވާނީ ވެކްސިން ޖަހާށޭ. އެއީ ވަރަށް ބޮޑު ރައްކާތެރި ކަމެއް. ރެއާއި މިއަދު 15 ފަރާތަކުން ދުނިޔެ ދޫކުރި އިރު، އޭގެ ތެރެއިން ހަތަރު ފަރާތެއް ފިޔަވައި އެެެއްވެސް މީހަކު އެއްވެސް ވެކްސިނެއް ނުޖަހާ. އެހެންވީމަ ކޮންމެ ވެކްސިނެއް ވިޔަސް ޖަހަންވީ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް: ގޭގައި ތިބޭ ބަލި މީހުން ބަލާ މޮނިޓާ ކުރެވޭނެ ގޮތްތައް މިހާރު ވާނީ ހަމަޖައްސައިފައި. ޓެސްޓިން ކެޕޭސިޓީ މިހާރު ވާނީ އިތުރުކޮށްފައި.
ރައީސް: މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެންމެ ބޮޑު ދަތިތަކެއް އަދި ގެއްލުންތަކެއް ވާނީ ކުދި ވިޔަފާރިތަކަށް. އަޅުގަނޑުމެން މިހާރު ވާނީ ކުދި ވިޔަފާރިތަކަށް، ސޮފްޓް ލޯނުތަކެއް ދޭން ނިންމައިފައި. އޭގެ ތެރޭގައި ކެފޭ އަދި ރެސްޓޯރެންޓާއި ޖިމް އާއި ސެލޫންތައް ހިމެނޭ. މީގެ އިތުރުން ބީއެމްއެލް އިން ޖޫންގެ ތެރޭފައި 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްތަކެއް ދޭން ފަށާނެ.
ރައީސް: އަންނަ މަހުން ފެށިގެން ކަރަންޓް ބިލުން ގޭގެއިން 40 ޕަސެންޓް، އަދި ވިޔަފާރިތަކުން 20 ޕަސެންޓް ކުޑަކޮށްދޭނެ. އަދި ފެން ބިލުން ގޭގެ އިން 30 ޕަސެންޓް، އަދި ވިޔަފާރިތަކުން 20 ޕަސެންޓް ކުޑްކޮށްދޭން ސަރުކާރުން ވަނީ ނިންމައިފައި
ކޮވިޑްގެ ބިރު މިހާރު ބޮޑުވެ، ޕޮޒިޓިވް ވާ މީހުންގެ އަދަދު މިހާ ގިނަވެގެން މި އުޅެނީ އެޕްރީލް މަހުގެ ތެރޭގައި ދެވުނު ލުއިތަކާ ގުޅިގެން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި، އެމަނިކުފާނު ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކަށް ދެވުނު ލުއިތައް ވެސް ހިމެނޭ ކަމަށެވެ.
ތަފުސީލު އަންނަނީ