25 މެއި 2021 - 17:42

ދިރާގުން "މަމެން"ގެ ބައެއް ޑޭޓާ އެޑްއޮންތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ، ޑިސްކައުންޓް ލިބޭނީ "މަމެން" ދެ ޖީބީ އާއި ތިން ޖީބީ އާއި ހަ ޖީބީ އަދި 12 ޖީބީގެ އެޑްއޮންތަކުން ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
މަމެންގެ އެޑްއޮންތަކުގެ ޕެކޭޖުތައް ފެންނަން ހުންނާނީ "އާރުބީ" އިންނެވެ. އެހެންކަމުން ޕެކޭޖު އެކްޓިވޭޓް ކުރުމުން "އާރުބީ" ގެ ބެލެންސުން ކެނޑޭނެ އެވެ.
ދިރާގުން ބުނިގޮތުގައި، ޑޭޓާ އެޑްއޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް "އެޑްއޮންސް" ޓެބުން ލިބެން ހުންނަ ޕެކޭޖުތައް ބަލައިލެވޭނެ އެވެ. ހުރިހާ ކަސްޓަމަރުން ވެސް އެޑްއޮންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ބެލުމަށް އެ ކުންފުނިން އިލްތިމާސް ކުރެ އެވެ.
އެކައުންޓް ބެލެންސް ބަލަން ބޭނުންވާ ކަސްޓަަމަރުންނަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ބަލައިލެވޭނެ އެވެ.
ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން، އެ މީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލަ އަށް ކަނޑައެޅޭ ގޮތަށް އުފެއްދި މޯބައިލް ޕްލޭނެކެވެ.