އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން
އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން

ކޮވިޑް-19ގެ އުނދަގޫ ހާލަތުގެ ސަބަބުން، އަމިއްލަ ގައުމުގައި ޕްރެކްޓިސް ކޮށްލުމުގެ ފުރުސަތު ގައުމީ ޓީމަށް ނުލިބުމަކީ ކުޑަކަމެއް ނޫނެވެ. ހޮޓަލެއްގެ ބޯލްރޫމްގައި ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިސްކުރާ ވީޑިއޯ، އެފްއޭއެމްގެ ރައީސް ބައްސާމް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ހާމަކޮށްދެނީ ހާލަތާ މެދު އޮތް ކަންބޮޑުވުމެވެ.

އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން
އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން

އެ ހުރިހާ ބުރައެއް ކޮނޑަށްލައިގެން ކުޅުންތެރިން ގޮވައިގެން ދަނޑަށް ނުކުންނަނީ ޓީމުގެ ހެޑް ކޯޗެވެ. މުހިންމު މެޗުތަކެއް ކުރިމަތީގައި އޮއްވައި މިގޮތަށް ތައްޔާރުވި ދެ ވަނަ ޓީމެއް ދުނިޔޭގެ ފުޓްބޯޅަޔަކު ނޯންނާނެ އެވެ. ނަމަވެސް ހުރިހާ ކަމެއްގެ ތެރެއިން ވެސް ކޫޕްމް ފާޅުކުރީ ހިތްހަމަ ޖެހުމެވެ.

އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން
އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން

"ދިވެހި ޓީމަށް ކޯޗުކޮށް ދިނުމަކީ އަހަންނަށް ލިބޭ ފަހުރެއް،" ސޯޝަލް މީޑީއާގައި ކޫޕްމަން ހިއްސާކުރި ޕޯސްޓްގައި ލިޔެފައިވެ އެވެ.

އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން
އުނދަގޫ ވަގުތު ވެސް ކޫޕްމަން ފާޅުކުރީ ހިތްހަމަޖެހުން

އެރަބް އެމިރޭޓްސް އަށް ގައުމީ ޓީމު ދަތުރުކުރީ، ރާއްޖޭގެ ޕްރެކްޓިސް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. ގަލޮޅު ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބޭތޯ އެފްއޭއެމުން މަސައްކަތްކުރި އެވެ. ނަމަވެސް ކޮވިޑްގެ ބިރުވެރިކަން ބޮޑުވުމުން ހަރުކަށި ކުރި ފިޔަވަޅުތަކާ އެކު ކުޅިވަރު ކުޅޭ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.

އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކުރި، ކޫޕްމަން އަށް ރާއްޖޭގައި މި ކުރާ ތަޖުރިބާ އަކީ އޭނާގެ 32 އަހަރުވީ ކޯޗިންގެ ދިގު ކެރިއާގައި ކުރި ތަޖުރިބާއެއް ނޫނެވެ.

އެ ހުރިހާ ގޮންޖެހުންތަކާ އެކު ވެސް އޭނާ އަށް ކުރިމަތިވި އަނެއް މައްސަލައަކީ ކޮވިޑް ބަލި ޖެހިގެން ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމުގައި ބައިވެރިވެވޭ ގޮތް ނުވުމެވެ. ސްކޮޑްގައި ޖަހަން ކޫޕްމަން ބޭނުންވި ބައެއް ކުޅުންތެރިން ގައުމީ ޓީމުގެ ފުރުސަތު ދޫކޮށްލީ މަގުބޫލު ސަބަބެއް ނުދައްކަ އެވެ. ނަމަވެސް ޓީމާ ގުޅުނު ކުޅުންތެރިންގެ މަސައްކަތާ މެދު ކޫޕްމަން ހިތްހަމަ ޖެހުނެވެ.

"އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ކުޅުންތެރިން ނެރޭ ހިތްވަރު،" ކޫޕްމަން ބުންޏެވެ. "އަލުން ދަނޑުގައި ޕްރެކްޓިސް ކުރަން ލިބުނީމަ ކުޅުންތެރިން ތިބީ ވަރަށް މޯޓިވޭޓް ވެފަ."

އޭނާ އެކުލަވާލީ، ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މަސްހުނި ސްކޮޑެކެވެ. ކެޕްޓަން އަކުރަމް އަބްދުލްގަނީ އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމޭރު އަދި އަސަދުﷲ އަބްދުﷲ ގެ ފަރާތުން ފެންނަ ލީޑާޝިޕާއި މެދު ވެސް ކޫޕްމަން ހުރީ ހިތްހަމަޖެހިފަ އެވެ. ނަމަވެސް ކަންބޮޑުވުން އޮތް އެހެން ކަމެއް ވެސް އެބައޮތެވެ. ދަނޑުގައި ޕްރެކްޓިސް ނުކުރާތާ ފަސް ހަފުތާވީއިރު ކުޅުންތެރިންގެ ފިޓްނަސްއަށް ވަނީ އަސަރުކޮށްފަ އެވެ.

"އެހެންވެ އެ ހާލަތަށް ރިއާޔަތްކޮށް ކުޅުންތެރިންނަށް ޕްރްގްރާމެއް އެކުލަވާލައިގެން އަހަރެމެން މަސައްކަތް މި ކުރަނީ،" ކޫޕްމަން ބުންޏެވެ.

ޓްރޭނިން ކޭޕް ނިންމާލުމަށް ފަހު ކޮލިފައިން މެޗުތަކަށް ޓީމު ޗައިނާއަށް ދާނީ މި އަންނަ ހޮނިހިރު ދުވަހު އެވެ. ރާއްޖޭގެ ކޯޗުކަމުގައި 15 މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރިއިރު ގައުމީ ޓީމާ އެކު އޭނާއަށް ފުރަތަމަ މެޗަށް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ސިރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

މި ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޗައިނާ އިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ. ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.