އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި
އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި

އެންމެ ފަހުގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމް ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ކާމިޔާބުކުރައްވައިފި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި
އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި

ސްޓެލްކޯގެ ސެމިނާ ރޫމުގައި މިއަދު ހެނދުނު ބޭއްވި އިންތިހާބު ބައްސާމް ކާމިޔާބުކުރެއްވީ 14 ވޯޓާ އެކު އެވެ. ތޯރިގަށް ލިބިވަޑައިގަތީ 11 ވޯޓެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި
އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި

ބައްސާމުގެ ޓީމަށް ކްލަބްތަކުން ރުހުން ދިނުމާ އެކު ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އަދި ނައިބް ރައީސަކީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

ބައްސާމުގެ އެކްސްކޯގައި ދެން ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި މޯލްޑިވްސް ގޭސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާއު އެވެ.

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ބައްސާމް ވިދާޅުވީ ކްލަބްތަކުން އެ ނިންމީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި ހުރިހާ ވައުދެއް ހަތަރު އަހަރުގެ ތެރޭ ފުއްދަވާނެ ކަމަށެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ ދިވެހި ފުޓްބޯޅައިގެ އަތޮޅުތެރޭ ބައިވެރިކޮށް އަތޮޅު ފުޓްބޯޅަ ތަރައްގީކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އެފްއޭއެމްގެ ވަޒީފާ އިން ކެނޑުނީ އިތުބާރުގެ މައްސަލައެއްގައި. އަޅުގަނޑަށް މިއަދު މި ފެނުނީ އަޅުގަނޑާ އަޅުގަނޑުގެ ޓީމަށް އިތުބަރު އޮތްތަން. އަޅުގަނޑު ވަރަށް ބޮޑަށް އިސްކަންދޭނަން އަތޮޅު ފުޓްބޯޅަ ތަރައްގީކުރަން. ފުޓްބޯޅައިން އަތޮޅު ޓީމުތަކުގެ ބައިވެރިވުން ބޮޑުކޮށް މި ހަތަރު އަހަރުގެ ތެރޭ އެކަން ކަށަވަރުކޮށްދޭނަން. މިކަމުގައި އަޅުގަނޑާ ވާދަކުރި ފަރާތްތަކުގެ އެހީތެރިކަން ވެސް ބޭނުންވާނެ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވަނީ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ކްލަބް ވެލެންސިއާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓްބޯޅައިގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ތެރެއިންނެވެ. އެގޮތުން އެ ކްލަބަށް ކޮންމެވެސް ވަރަކަށް ކުޅުއްވި އިރު އޭގެ ފަހުން އެ ކްލަބުގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރެއްވި އެވެ.

އެފްއޭއެމްގައި ކުރިން ވަޒީފާއަދާކުރައްވާފައިވާ ބައްސާމް އެތަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ ގެނައީ ޑިސެމްބަރު 2014 ގައި ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވުމަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ އަހަރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މަގާމުން ދުރުވުމުން، ކޮމިޓީގެ ޗެއާމަންގެ މަގާމް ވެސް އަދާކުރެއްވި އެވެ. އޭނާ ދެ ވަނަ ފަހަރަށް ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ، މޭ މަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގް އިންތިހާބުވުމުންނެވެ. އެކަމަކު ވަކި ހިސާބަކުން ތޯރިގް ވަނީ އެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެ މައްސަލަގަނޑުގެ ތެރެއިން ބައްސާމަށް ތާއީދުކުރާ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދިނުމާ އެކު އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އެވެ.