25 މެއި 2021 - 12:27

ސެވިއްޔާ (25 މެއި) - ޖުލައި މަހު 40 އަހަރު ފުރޭ، ހޯކިން ސަންޗޭޒް، އިތުރު އެއް އަހަރަށް ރެއާލް ބެޓިސްގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ވިންގާ އަކީ، ސްޕެއިންގެ ޓޮޕް ޑިވިޝަންގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އަލަވޭޒް އާ ދެކޮޅަށް ރެއާލް ބެޓިސް 3-2 ން ކުޅުނު މެޗުގައި ހޯކިން ވަނީ ލަނޑު ޖަހައިފަ އެވެ.
ވެލެންސިއާ އާއި މަލާގާއަށް ކުރިން ކުޅުނު ހޯކިން ވަނީ އޭނާގެ ބޯއީ ހުޑް ކްލަބު، ބެޓިސްއަށް މިދިޔަ ސީޒަންގައި 30 މެޗު ކުޅެފަ އެވެ.
ލަލީގާގައި އެންމެ ގިނައިން މެޗު ކުޅުނު، ކުޅުންތެރިންގެ ލިސްޓްގެ ދެ ވަނައިގައި އޮތީ ހޯކިން އެވެ. އޭނާ ވަނީ ލަލީގާގައި 579 މެޗު ކުޅެފަ އެވެ. ބާސެލޯނާގެ ކުރީގެ ކީޕަރު އެންޑޯނީ ޒުބިޒަރޭޓާ ވަނީ 622 މެޗު ކުޅެފަ އެވެ.