24 މެއި 2021 - 23:29

ކޮވިޑު-19 ގައި މިއަދު ރާއްޖެއިން 11 ވަނަ މީހާ މަރުވެއްޖެ އެވެ. މިއީ، އެ ބަލީގައި އެއް ދުވަހު އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
އެނގިފައިވާ ގޮތުގައި މިރޭ އެންމެ ފަހުން މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ، ކޮވިޑްގައި މި މަހު މަރުވި 69 ވަނަ މީހާ އެވެ. އަދި ކޮވިޑުގައި މިހާތަނަށް މަރުވި 140 ވަނަ މީހާ އެވެ.
ހިތަދޫ އެ މީހާ އަކީ ކޮވިޑު ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި މީހެކެވެ.
މިއީ ހަލުއިކަމާ އެކު ބަލި ފެތުރެމުންދާ އައްޑޫން ކޮވިޑުގައި މަރުވި ފުރަތަމަ މީހާ އެވެ.