އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި
އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި

ބައްސާމް: "މާތްﷲ އަށް ހަމްދުކުރަން. ތިޔަ ނިންމެވީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން. ހުރިހާ ވައުދެއް އިރާދަކުރެއްވިއްޔާ ހަތަރު އަހަރުތެރޭ ފުއްދާނަން.

އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި
އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް ކާމިޔާބުކުރައްވައިފި

އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީ:
ރައީސް: ބައްސާމް އަދީލް ޖަލީލް
ސީނިއާ ނައިބް ރައީސް: ހުސެއިން މުހައްމަދު ލަތީފް
ނައިބް ރައީސް: އާއިޝަތު ނާޒިމާ
މެމްބަރުން: އަބްދުﷲ އަހުމަދު (އަބުޅޯ)
މެމްބަރުން: މުއާޒް މުހައްމަދު ރަޝީދު
މެމްބަރުން: މުހައްމަދު އަލީ
މެމްބަރުން: އަލީ ޝާހު
މެމްބަރުން: ހުސެއިން ޝަހުދީ
މެމްބަރުން: މުހައްމަދު ޝަހުދީ

އެފްއޭއެމްގެ ރައީސްގެ މަގާމް ބައްސާމް އަދީލް ޖަލީލް ކާމިޔާބުކުރައްވައިފި. ބައްސާމުގެ ޓީމުން 14 ވޯޓް ހޯދިއިރު ތޯރިގަށް ލިބިވަޑައިގަތީ 11 ވޯޓް.

އިންތިހާބުގެ ވޯޓްލުން ފަށައިފި.

ބައްސާމް: "ގައުމީ ޓީމު އެހެން ލެވެލަކަށް ގެންދަން މަސައްކަތްކުރާނަން. މިވަގުތު ލިބޭ އުފަލަށް ނުބަލައި ފުޓްބޯޅައިގެ މުސްތަގުބަލަށް ވިސްނާފައި ވޯޓްލުން އެދެން. ކޮންމެ ނަތީޖާއެއް ނުކުތަސް ގަބޫލުކުރަން އެބަޖެހޭ. ފުޓްބޯޅައިގެ ކުރިއެރުމަށް ވޯޓްލުން އެދެން،"

ބައްސާމް: "42 މަންދޫބުންނަށް ވޯޓްލެވޭ ގޮތަށް ބަދަލުކުރާނަން. އަތޮޅުތެރޭގެ މީހުން ހިމަނައިގެން އަތޮޅު ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ އަށް 15 މިލިއަން ރުފިޔާ ހަރަދުކުރާނަން. ފުޓްބޯޅަ އޮތީ ދަށަށް ގޮސްފައި. މިއީ ކޮޅަށް ޖަހަން ބޭނުންވާ ވަގުތު،"

ބައްސާމް ހޮވިއްޖެ ނަމަ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ، ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަނުގެ ފަދަ ފަސް ކްލަބަށް، ކޮންމެ ކްލަބަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވެއްޖެ.

ބައްސާމް: "މިއަދަކީ ވަރަށް މުހިއްމު ދުވަހެއް. ކުރިއަށް އޮތް ހަތަރު އަހަރަށް ފުޓްބޯޅަ ބައްޓަން ކުރަން ލިބޭ ފުރުސަތެއް މިއީ. އަޅުގަނޑުމެން ޓީމުގައި ތިބީ ފުޓްބޯޅަ ހިންގުމުގައި އުޅުނު މީހުން،"

މިހާރު ވާހަކަދައްކަވަނީ ކެންޑިޑޭޓް ބައްސާމް.

ތޯރިގް: "މިއީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު. އެންމެން ވެސް ފުޓްބޯޅަ ކުރިއަށް ގެންދެވޭނެ ގޮތަށް ވިސްނާފައި ވޯޓްލުން އެދެން،"

މިހާރު ކުރިއަށްދަނީ ކެންޑިޑޭޓް ތޯރިގުގެ ވާހަކަދެއްކެވުން.

ޖަލްސާ ހިނގަމުންދާ ގޮތް ބެލުމަށް ހަމަޖެހުނީ މަހިމަދޫ ސްޕޯޓްސް ކްލަބުގެ އިސްމާއިލް ފާއިޒާއި ޓީސީ ސްޕޯޓްސް ކްލަބުގެ މުހައްމަދު އިޝާން.

އިންތިހާބީ ޖަލްސާގެ އެޖެންޑާ ޗެކްކުރުމަށް ހަމަޖެހުނީ ބީޖީ ސްޕޯޓްސްގެ އަލީ މަސްއޫދާއި ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލް.

އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެންމެ ފަހުން އެ މަގާމް ފުރުއްވި އަހުމަދު ތޯރިގް (ޓޮމް) އާއި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް. ޓޮމްގެ ފަރާތުން ސީނިއާ ނައިބް ރައީސަކަށް އަހުމަދު ޝާފިއު (ކޮއްކީ) އާއި އަހުމަދު ޝިޔާމް ކުރިމަތިލައްވާފައިވާއިރު ބައްސާމުގެ ފަރާތުން ސީނިއާ ނައިބް ރައީސަކަށް ކުރިމަތިލައްވާފައިވަނީ ހުސެއިން މުހައްމަދު ލަތީފް. އަދި ނައިބަކަށް ކުރިމަތިލައްވާފައިވަނީ އައިޝަތު ނާޒިމާ.

އިންތިހާބީ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވަނީ ކޮންގްރެސް އިން ފާސްކޮށްފައިވާ އިލެކްޓޯރަލް ކޮމިޓީން.

ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އާއި އެގްޒެކެޓިވް ކޮމިޓީގެ މަގާމްތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ސްޓެލްކޯގެ ސެމިނާ ރޫމުގައި ފަށައިފި.

އެފްއޭއެމްގެ އިންތިހާބުގެ ލައިވް ކަވަރޭޖަށް މަރުހަބާ.