ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ
ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ވަދެއްޖެ ނަމަ ފެންނާނީ، ދެ ފަރާތުގައި ބަހައްޓާފައި ހުރި އެނދުތަކުގައި އޮންނަ ބަލި މީހުންނާއި، އެ މީހުންނަށް ހިދުމަތް ކުރަން ދެކޮޅަށް ދުވެދުވެ ތިބޭ ޑޮކްޓަރުންނާއި ނަރުހުންނެވެ. ކޮންމެ އެނދެއްގައި މީހަކު އޮތް ނަމަވެސް، އެންމެން ވެސް އޮންނަނީ އެކަންޏެވެ. ސިއްހީ އެހީތެރިންނަށް ގިނަ ފަހަރަށް އެ މީހުން ކައިރިއަށް ދެވެނީ، ލަހުން، މަދު ވަގުތުކޮޅަކަށެވެ.

ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ
ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ

ކޮވިޑް ފެސިލިޓީ އަށް ވޮލެންޓިއަރެއްގެ ގޮތުގައި ދިޔަ ފުރަތަމަ ދުވަހު ވެސް، ކުރީގެ ޕްރެޒެންޓާ އަދި ނޫސްވެރިޔާ، ރިޒްނާ ޒަރީރު (ރިޒޫ) އަށް އެތަނުގެ ހާލަތު ތަސައްވުރު ކުރެވުނެވެ.

ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ
ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ

ތިން ސަތޭކަ މީހުންގެ ޖާގައިގެ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ފުރިފައިވާއިރު، އެ އެންމެންނަށް ވެސް ހިދުމަތް ކުރަން ތިބެނީ މަދު ނަރުހުންތަކެކެވެ. ކޮންމެ ވިހި މީހަކަށް ނަރުހެއް ހުންނައިރު، ބަލި ބޮޑުމީހުންނަށް ކާންދީ، ފެންވަރުވައި، ފާހާނާ އަށް ގެންގޮސްދޭން ތިބެނީ އެ މީހުންނެވެ. ކޮންމެ މީހެއްގެ ވެސް ހާލު މޮނީޓާކޮށް، ވަގުތުން ވަގުތަށް ބޭސް ދޭން ޖެހެ އެވެ. އެކަމަކު އެވަރުން ވެސް، ހުރިހާ ކަމެއް އެންމެ ފުރިހަމައަކަށް ނުކުރެވެ އެވެ. ބަލި މީހުންގެ ޝަކުވާތައް ގިނަ އެވެ.

ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ
ވޮލެންޓިއަރެއްގެ އާދޭސް: ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެހީވެދޭން އާދޭ

ރިޒޫ މަސައްކަތް ކުރާ، ކޮވިޑް ފެސިލިޓީގެ ބީ ބްލޮކަކީ އެންމެ ހާލަތު ގޯސްމީހުންނަށް ފަރުވާ ދޭ ތަނެވެ. އެ ބްލޮކްގައި 60 އެނދު ހުންނައިރު، މި ފަހުން އެތަނުން އެނދެއް ހުސްވާއިރެއް ނާދެ އެވެ. ބަލިބޮޑު، އުމުރުން ދުވަސްވީ މީހުންނަށް ހުރިހާ ކަމެއްގައި ވެސް އެހީ ބޭނުންވެ އެވެ. އޭނާ ވޮލެންޓިއަރެއްގެ ގޮތުގައި އެތަނަށް ހިދުމަތް ކުރަންދިޔައީ، ހަމައެކަނި ނަރުހުންނަށް އެ މީހުންނަށް އަޅާނުލެވިގެންނެވެ.

"ކިހިނެއްތޯ އެ މީހުން ހުުރިހާ ކަމެއް ކުރާނީ. ނަރުހަކު ބަލި މީހަކަށް ކާންދޭން އިންނައިރު، އެހެން ބަލި މީހަކު އެބަ ގޮވާ އެހެން ކަމެއްގައި. މަދު ނަރުހުން ތިބޭއިރު، ހުރިހާ އެންމެންނަށް އެޓެންޑް ނުވެވިފައި އޮންނަނީ،" އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާ އަށް އެމްޑީޕީން ވާދަކުރި ރިޒޫ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެތަނުގައި ގިނައިން ތިބެނީ، ޖެހިގެން ހުންނަ މޭޒުމަތިން ވެސް އެއްޗެއް ނުުނެގޭހާ ބަލި މީހުންނެވެ. ހޮސްޕިޓަލުތަކުގައި ބަލި މީހާ ކައިރީގައި އެހީތެރިއަކަށް މީހަކު އިން ނަމަވެސް، ކޮވިޑް ފެސިލިޓީގައި އެ ފުރުސަތެއް ނެތެވެ. ބަލި މީހާ އޮންނަން ޖެހެނީ އެކަނިމާ އެކަންޏެވެ.

މީގެ ތިން ހަފުތާކުރިން ރިޒޫ، ވޮލެންޓިއަރެއްގެ ގޮތުގައި ފެސިލިޓީއަށް ދިޔައީ، އެކަނިވެފައި ތިބި އެ ބަލި މީހުންނަށް އެހީވުމަށެވެ. ބަލި މީހުންނަށް އޭނާ ކާންދީ، ފެންވަރުވައިދޭށެވެ. އޭރުން އެ މަސައްކަތް ކުރަން ތިބޭ ނަރުހުންނަށް އެ ބުރަ ކުޑަވާނެ އެވެ. އަދި އެ ވަގުުތުކޮޅުގައި ހަމައެކަނި ފަރުވާ ދިނުމަށް ނަރުހުންނަށް އިސްކުރެވޭނެ އެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މި ފަހަކުން ކޮންމެ ދުވަހަކު، ދެ ތިން މީހަކު އެބަ މަރުވެ އެވެ. ގިނައީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. މި މަންޒަރުތައް ރިޒޫމެންނަށް ވެސް ފެނެ އެވެ. އޭނާ ބުނިގޮތުގައި އެއް ދުވަހު ހެނދުނު ފެންވަރުވައި ކާންދީ ރީތިކޮށް، ކުޑަކޮށް ވާހަކަ ދައްކާލުމަށް ފަހު ބާއްވާ ބަލި މީހާ، އޭނާ މަސައްކަތް ނިންމައި، ގެއަށް އައުމުގެ ކުރިން މަރުވެ އެވެ. މިއީ އޭނާއަށް ވެސް ހިތްދަތި އަސަރުތަކެއް ކުރާ ކަމެކެވެ.

ކޮންމެ ދުވަހަކު ވެސް ހަ ގަޑިއިރު، ކެއާ ޓޭކަރެއްގެ ގޮތުގައި ރިޒޫ މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ އިތުރުން އެ ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި އުޅެނީ އެންމެ މީހެކެވެ. ބަލި މީހުންނަށް އެހީވުމަށް، ވޮލެންޓިއަރުން ހޯދުމަށް އިއުލާން ކުރުމުން އެތަނަށް ނިކުތް އަދަދަކީ އެއީ އެވެ.

"އެތަނުގައި އެ އޮތީ ކޮންމެ ވެސް މީހެއްގެ ކާފައެއް، މާމައެއް ނުވަތަ މަންމަ ނޫނީ ބައްޕަ. އެ މީހުން އެ އޮތީ ބަލިވެ އެކަނިމާ އެކަނި. އެހެންވެ، އެ މީހުންނަށް ހިދުމަތް ކުރަން ފުރުސަތު ލިބުނީމައި ނުކުރަންވީ ކީއްވެތޯ،" ރިޒޫ ބުންޏެވެ.

"އަޅުގަނޑުގެ އާދޭހަކީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އެ މީހުންނަށް ހިދުމަތް ކުރަން ވޮލެންޓިއާ ކުރުން. މިއީ މި ވަގުތު ގައުމަށް ކޮށްދެވޭ ބޮޑު ހިދުމަތަކަށް ވާނެ."

ރިޒޫ ބުނީ އޭނާ ވޮލެންޓިއަރެއްގެ ގޮތުގައި ނިކުތުމުން، ވަރަށް ގިނަ މީހުން ގުޅައި، ފެސިލިޓީގައި އޮންނަ އާއިލާގެ މީހެއްގެ ހާލުބަލައި ދިނުމަށް އެދެ އެވެ. އެ މީހުންގެ މެސެޖާއި ހެޔޮ ދުއާ، އޭނާ ބަލިމީހާއާ ހަމައަށް ގެންގޮސްދެ އެވެ. އެހެންވެ، ކިތަންމެ ބުރަ ނަމަވެސް، އޭނާ އެނބުރި ގެއަށް އަންނަނީ ހިތްހަމަ ޖެހުމާއެކު އެވެ.

ބަލި މީހުންނަށް ދޭން ޖެހޭ ފަރުވާ، ކޮވިޑް ފެސިލިޓީން ލިބުން ނަމަވެސް، އެ އެންމެންނަށް އެންމެ ރަނގަޅަށް އަޅާލުމަކީ، މިހާރުގެ ހާލަތު ހުރިގޮތުން ފަސޭހަކަމެއް ނޫނެވެ. ރާއްޖޭން ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ހާހަށް އަރާއިރު، ގިނަ ބަޔަކަށް ދަނީ ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުންނެވެ. މި އެންމެންނަށް ހިދުމަތް ކުރަން ތިބި ސިއްހީ އެހީތެރިން މަދެވެ.

ވޮލެންޓިއަރުން ހޯދުމަށް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ކޮންމެ ގަޑިއިރަކުން ފައިސާ ދޭ ގޮތަށް، އެކަމަށް ކުރިމަތިލާ މީހާ، ހޮވަނީ އިންޓަވިއުކޮށްގެންނެވެ.

ރިޒޫ ބުނިގޮތަށް، ބަލި މީހުންނަށް އެހީވުމަށް ވޮލެންޓިއަރުން ނިކުމެއްޖެ ނަމަ، ސިއްހީ އެހީތެރިންނަށް ފަރުވާއަށް ވަގުތު ހުސްކުރެވޭނެ އެވެ. އާއިލާ މީހެއް ނުފެނި، މާޔޫސްވެފައިވާ ބަލި މީހުން ކައިރީ، ވާހަކަ ދައްކާލައި، އެ މީހުންނަށް އެހީވުމަށް އިސް ނަގައިފި ނަމަ، އެއީ އިންސާނިއްޔަތަށް ވެސް ކޮށްދޭ ބޮޑު ހިދުމަތަކަށް ވާނެ އެވެ.