23 މެއި 2021 - 18:02

ކ. ދިއްފުށީގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަން މީހަކު ދެކޮޅު ހަދައި އެކަމަށް ހުރަސްއެޅުމުގެ ގޮތުން މޫދަށް ފުންމާލައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި، ސާމްޕަލް ދޭން ދެކޮޅު ހަދައި މޫދަށް ފުންމާލީ ލޯންޗެއްގައި ހުރި މީހެކެވެ. އެ މީހާ މޫދުގައި އޮތް އިރު، ޕީޕީއީގައި ހުރި މީހަކު ލޯންޗުގެ ގެގަނޑުމަތީގައި ހުރެގެން، މޫދުގައި އޮތް މީހާ އަރަން އިޝާރާތްކުރެ އެވެ.
ރަށު ކައުންސިލުން މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ. ނަމަވެސް އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މިކަން ހިނގީ މިއަދު ހަވީރު ކަމަށެވެ. އެ މީހާ މޫދަށް ފުންމާލީ ސާމްޕަލް ދޭން ބިރުން އުޅުމަށް ފަހު، އެކަން ކުރިޔަ ނުދޭން ކަމަށް ވެސް ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
މޫދަށް ފުންމާލި މީހާގެ ސާމްޕަލް ފަހުން ނެގިކަމެއް ނޭނގެ އެވެ.
ދިއްފުއްޓަކީ ވެސް ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ރަށެކެވެ. އެ ރަށުން ކޮވިޑް ޖެހި ހާލު ބޮޑުވެގެން ގެނައި މީހަކު ނިއާވެފައި ވެސް ވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރި ނުރައްކާވެފައި ވިޔަސް ބައެއް މީހުން ބަލިވެ އުޅޭއިރު ވެސް ބައްޔަށް ޓެސްޓުކުރާ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. މަގުމަތިން މީހުން ހުއްޓުވައި ސާމްޕަލް ނަގަން އުޅުމުން ވެސް ވަރަށް ގިނަ މީހުން އެކަމަށް އިންކާރުކުރެ އެވެ.