23 މެއި 2021 - 12:50

ރާއްޖެ އިން ދެވަނަ މީހަކު ކޮވިޑް ޖެހިގެން މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގަައި ފަރުވާދެމުން އައި އުމުރުން 62 އަހަރުގެ ދިވެހި އަންހެނަކު ހެނދުނު 10:49 ގައި ނިޔާވެފައިވާ ކަމަށެވެ.
އެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިއަދު ހެނދުނު އަށެއް ޖަހާކަންހާއިރު ނިޔާވެފައި ވެ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު 125 އަށް އެރީ އެވެ. މިއީ މި މަހުގެ 52 ވަނަ މަރެވެ.
ކޮވިޑް ބަލީގައި ރާއްޖޭގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދާއިރު، އެންމެ ގިނަ މީހުން މިހާތަނަށް ނިޔާވީ މި މަހު އެވެ.