ދުބާއީގެ ވަލީއަހުދަށް އެއްމާބަނޑު ދެ ބޭފުޅުން
ދުބާއީގެ ވަލީއަހުދަށް އެއްމާބަނޑު ދެ ބޭފުޅުން

ދުބާއީގެ ޒުވާން ވަލީއަހުދު ޝައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށް އެއްމާބަނޑު ދެ ބޭފުޅުން ލިބިއްޖެ އެވެ.

އަވަހާރަވެފައިވާ ކާފާފުޅުގެ ފޮޓޯއެއްގެ ކުރިމަތީގައި ދެ ބޭފުޅުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް އިންސްޓްގްރާމްގައި ޕޯސްޓްކުރައްވައި ހަމްދާން ވިދާޅުވީ ﷲ އަށް ޝުކުރު ދަންނަވާ ކަމަށެވެ. މީޑިއާތަކުން ބުނީ ހަމްދާންގެ ދެބޭފުޅުން އުފަންވީ ހޮނިހިރު ދުވަހު ކަމަށާއި އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއް ކަމަށެވެ.

ހަމްދާން، 38، ކައިވެނި ބައްލަވައިގަތީ 2019 ގަ އެވެ. އޭނާގެ އަނބިކަނބަލުންނަކީ ޝައިޚާ ޝައިޙާ ބިންތު ސައީދު ބިން ތާނީ އަލް މަކްތޫމެވެ.

އާންމުންގެ މެދުގައި މަގުބޫލު ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ހަމްދާނަކީ އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން އޭނާއާ ގުޅުން ހުންނަ ކަންކަން އަބަދު ވެސް އެ ޕްލެޓްފޯމްގައި ހިއްސާކުރައްވަ އެވެ. އަދި އިންސްޓަގްރާމްގައި ހަމްދާން ފޮލޯކުރާ މީހުންގެ އަދަދު 11.6 މިލިއަނަށް ވުރެ ގިނަ އެވެ.