ކޮވިޑުގައި މި މަހުގެ 51 ވަނަ މަރު
ކޮވިޑުގައި މި މަހުގެ 51 ވަނަ މަރު

ކޮވިޑު-19 ގައި މި މަހު މަރުވި މީހުންގެ އަދަދު 51 އަށް މިއަދު އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެ ބަލީގައި އެންމެ ފަހުން ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 66 އަހަރުގެ ދިވެއްސަކު ކަމަށެވެ. އެ ފިރިހެންމީހާ ނިޔާވީ މިއަދު ހެނދުނު 8:07 ގަ އެވެ.

އެއީ، ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވި 124 ވަނަ މީހާ އެވެ.

ކޮވިޑުގެ ހާލަތު ކޮންޓްރޯލުގައި އޮތުމަށް ފަހު އެ ބަލި ޖެހޭ މީހުންނާއި ނިޔާވާ މީހުންގެ އަދަދު ވަނީ ކަންބޮޑުވާ ވަރަށް މިހާރު އިތުރުވެފަ އެވެ.

މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ވެސް މި މަހުގަ އެވެ. އެ ދުވަހު އެކަނި ވެސް ކޮވިޑުގައި ހަތް މީހަކު މަރުވި އެވެ.