ޓޫރިޒަމަށް އަލަށް ހުޅުވައިލި 23 ރަށުގެ އަގު ދަށްކޮށްފި
ޓޫރިޒަމަށް އަލަށް ހުޅުވައިލި 23 ރަށުގެ އަގު ދަށްކޮށްފި

ރިސޯޓުތައް ތަރައްގީ ކުރަން މިދިޔަ މަހު ބީލަމަށް ހުޅުވައިލި 23 ރަށުގެ އިކުއިޒިޝަން ކޯސްޓް، ޓޫރިޒަމް މިނިސްޓްރީން ކުޑަކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، 16 ރިސޯޓެއް ހަދަން ދޫކުރާ މި 23 ރަށުގެ އަގު ދަށްކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން އިންވެސްޓް ކުރުމަށް އައި ބަދަލާއެކު ކަމަށެވެ. މި ބަދަލު އައީ ކޮވިޑް-19ގެ ސަބަބުން ކުންފުނިތަކަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.

ޓޫރިޒަމަށް އަލަށް ހުޅުވާ މި ރަށްތަކަކީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ރަށްތަކެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ ގދ. އަތޮޅުގެ ރަށްތަކެވެ.

- ހއ. ވެލިފިނޮޅު: 420،000 ޑޮލަރު (ކުރީގެ އަގު: 600،000 ޑޮލަރު)

- ހއ. އަލިދުއްފަރުފިނޮޅު: 350،000 ޑޮލަރު (ކުރީގެ އަގު: 500,000 ޑޮލަރު)

- ހދ. ކުޑަފަރުފަސްގަނޑު: 210،000 ޑޮލަރު (ކުރީގެ އަގު: 300,000 ޑޮލަރު)

- މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު: 875،000 ޑޮލަރު (ކުރީގެ އަގު: 1,250,000 ޑޮލަރު)

- މ. މާއުސްފުށި: 1،575،000 ޑޮލަރު (ކުރީގެ އަގު: 2,250,000 ޑޮލަރު)

- ތ. ކާއްޑޫ: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން: 1،050،000 ޑޮލަރު (ކުރީގެ އަގު:1,500,000 ޑޮލަރު)

- ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ލ.ކަށިދޫ: 700،000 ޑޮލަރު (ކުރީގެ އަގު:1,000,000 ޑޮލަރު)

- ލ. ބޮޑުމުންޏަފުށި: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު): 525،000 ޑޮލަރު (ކުރީގެ އަގު: 750,000 ޑޮލަރު)

- ގއ. މާރެހާ: 1،400،000 ޑޮލަރު (ކުރީގެ އަގު: 2,000,000 ޑޮލަރު)

- ގއ. ފުނަދޫވިލިގިއްޔާ: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ގދ. ކަނޑަހަލަގަލާ: 875،000 ޑޮލަރު (ކުރީގެ އަގު: 1,250,000 ޑޮލަރު)

- ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ގދ. ފެރޭތަވިލިގިއްލާ އާއެކު އެއް ކްލަސްޓާގެ ގޮތުގައި އެ އަތޮޅުގެ ދެކާނބާ އާއި ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި ރަށްތަކަށް ބީލަން ހުށަހެޅޭނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިން މި އަހަރު އިންވެސްޓްމަންޓުތައް ގިނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.