"ހަލާލް ޓޫރިޒަމް"ގެ ޑިޖިޓަލް ކެމްޕެއިނެއް ފަށައިފި
"ހަލާލް ޓޫރިޒަމް"ގެ ޑިޖިޓަލް ކެމްޕެއިނެއް ފަށައިފި

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މުސްލިމުންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އޮންލައިން ވެބްސައިޓް "ހޭވް ހަލާލް، ވިޒިޓް ޓްރެވަލް" އާ ގުޅިގެން އެމްއެމްޕީއާރްސީން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިންގެ ދަށުން ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖޭގެ މަގްބޫލުކަން އިތުރު ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އަދި ރާއްޖެ އަކީ މުސްލިމު ޓޫރިސްޓުންނަށް ޗުއްޓީ ހޭދަކޮށްލަން އެންމެ ފުރިހަމަ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ.

މަހަކު 9.4 މިލިއަން ޓޫރިސްޓުން ވަންނަ ހޭވް ހަލާލް، ވިޒިޓް ޓްރެވަލް" ގެ ނަމުގައި ހިންގާ އޮންލައިން ޕްލެޓްފޯމު ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ޓޫރިސްޓުންގެ މަގްބޫލުކަމެއް ހޯދައިފަ އެވެ. މި ޕްލެޓްފޯމުގައި މެލޭޝިއާގެ ފަސް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުންނާއި ދެ ލައްކަ އަށް ވުރެ ގިނަ ސިންގަޕޫރު ޓޫރިސްޓުން ހިދުމަތްތައް ހޯދަ އެވެ.

މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ހަލާލް ކާބޯތަކެތި ލިބެން ހުރުމާއި ކޮންމެ ހިސާބެއްގައި ވެސް މިސްކިތްތައް ހުރުން ޕްރޮމޯޓް ކުރާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން މި ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އައެވެ. އެގޮތުން 2019 ވަނަ އަހަރު 87،000 ޓޫރިސްޓުން ދެކުނު އިރުމަތީ އޭޝިއާ އިން އައިސްފައިވެ އެވެ.