21 މެއި 2021 - 20:42

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ގައި މިރޭ މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ މިއަދު ކޮވިޑްގައި މަރުވި ހަތަރު ވަނަ މީހާ އެވެ.
މިއަދު ހަތަރު މީހުންނާއެކު އެ ބަލީގައި މި މަހު އެކަނި ވެސް 47 މީހަކު މަރުވެފައި ވެ އެވެ. އަދި ކޮވިޑުގައި މަރުވި މީހުންގެ އަދަދު ޖުމްލަ 120 އަށް އެރީ އެވެ.