ކޭސްތައް އިތުރުވެ، ނަފްސާނީ އެހީ ފޯރުކޮށްދޭން ޖެންޑާގެ ޓީމެއް މެޑިކަލް ފެސިލިޓީއަށް
ކޭސްތައް އިތުރުވެ، ނަފްސާނީ އެހީ ފޯރުކޮށްދޭން ޖެންޑާގެ ޓީމެއް މެޑިކަލް ފެސިލިޓީއަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި ފަރުވާދެމުން އަންނަ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން، ޖެންޑާ މިނިސްޓްރީގެ ޓީމެއް، އެ ފެސިލިޓީއަށް ޒިޔާރާތް ކުރަން ފަށައިފި އެވެ.

އައިޖީއެމްއެޗުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަައި ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައި ތިބިއިރު، ޖެންޑާ މިނިސްޓްރީން ބުނީ ކޮވިޑް ޖެހޭ މީހުން އިތުރުވާތީ، އެ މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން މިހާރު ކޮންމެ ދުވަހަކު ފެސިލިޓީއަށް ޒިޔާރާތްކުރަން ފަށާފައިވާ ކަމަށެވެ.

އެ ޓީމުން ބަލި މީހުންނާ ބައްދަލުކޮށް، އެ މީހުންނަށް ނަފްސާނީ އެހީތެރިކަން ދޭނެ އެވެ.

މިނިސްޓްރީން ބުނީ އާއިލާގެ މެމްބަރުން މެޑިކަލް ފެސިލިޓީގައި ތިބި ނަމަވެސް ގުޅައި އެމީހުންގެ ހާލުން ވަރަށް މުހިއްމު ކަމަށެވެ. އަދި ބަލިން ރަނގަޅުވުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެނދުތައް ފުރުމަކާ ގާތްވެފައިވާއިރު އެތަނުގައި ގިނަ އަދަދަކަށް ދުވަސްވީ މީހުން ވެސް އެބަ ތިއްބެވެ.

ރާއްޖޭގެ ކޮވިޑްގެ ބަލިމަޑުކަން ގޯސްވަމުންދާއިރު ސިއްހީ ހިދުމަތްތެރިން އަދަދު ވެސް މަދުވެފައިވާތީ ބަލި މީހުންނަށް އެންމެ ރަނގަޅަށް އަޅައެއް ނުލެވެ އެވެ. މިހެންވެ، ޑޮކްޓަރުން ވެސް އަންނަނީ އެންމެން ގުޅިގެން މިކަން އަރައިގަތުމަށް މަސައްކަތް ކުރުމަށް ބާރު އަޅަމުންްނެވެ.