21 މެއި 2021 - 18:06

ކޮވިޑު-19 ގައި މިއަދު ރާއްޖެއިން ތިން ވަނަ މީހާ މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް ރޭ ފަތިހު 4:06 ގައި 77 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އޭގެ ފަހުން ހެނދުނު 10:54 ގައި 80 އަހަރުގެ ފިރިހެނަކު މަރުވި އެވެ.
އެންމެ ފަހުން މަރުވެފައިވަނީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 56 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު 3:45 ހާއިރެވެ.
މިއަދު މަރުވި ތިން މީހުންނާއެކު އެ ބަލީގައި މި މަހު އެކަނި ވެސް 46 މީހަކު މަރުވެފައި ވެ އެވެ. އަދި ކޮވިޑުގައި މަރުވި މީހުންގެ އަދަދު ޖުމްލަ 119 އަށް އެރީ އެވެ.