21 މެއި 2021 - 13:00

މެޑްރިޑް (21 މެއި) - ދުނިޔޭގެ ބްރޭންޑް ފައިނޭންސްގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކްލަބުގެ ގޮތުގައި ރެއާލް މެޑްރިޑް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން "ބްރޭންޑް ވެލިއު" 10 އިން ސައްތަ ދަށްވި ނަމަވެސް، ފުޓްބޯޅަ ކްލަބްތަކުގެ އެންމެ އަގުބޮޑު ކްލަބުގެ ގޮތުގައި ސްޕެއިންގެ ޗެމްޕިއަން ދެމިއޮތީ 1.27 ބިލިއަން ޔޫރޯގެ ވެލިއުއަކާއެކު އެވެ.
ވާދަވެރި ބާސެލޯނާއިން ވަނީ، ލިސްޓްގެ ދެ ވަނަ ހޯދައިފަ އެވެ. އެ ކްލަބުގެ ވެލިއުއަކީ 1.26 ބިލިއަން ޔޫރޯ އެވެ.
"ކޮންމެ އަހަރަކުވެސް ރެއާލް މެޑްރިޑުން ދަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ގަވާއިދުން ހޯދަމުން،" ދުނިޔޭގެ ބްރޭންޑް ފައިނޭންސްގެ މި އަހަރުގެ ރިޕޯޓްގައި ވެއެވެ.
"އަދި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ވިދިވިގެން ހޯދަމުން ދިޔަ ކާމިޔާބުތަކުގެ ސަބަބުން މާލީގޮތުން ކްލަބު އެއްވަރެއްގައި ހިފެހެއްޓި."
ތިން ވަނައަށް އެންމެ އަގުބޮޑު ކްލަބަކީ، މެންޗެސްޓާ ޔުނައިޓެޑެވެ. އެ ކަލްބުގެ ވެލިއުއަކީ 1.13 ބިލިއަން ޔޫރޯ އެވެ. އެންމެ އަގުބޮޑު 10 ކްލަބުގެ ތެރެއިން ހަ ކްލަބަކީ، ޕްރިމިއާ ލީގުގެ ކްލަބުތަކެވެ.
ހަގީގީ ކުލަ ޖެހުމުގެ ކުރިން ނާކާމިޔާބުވި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބުގެ ވެލިއު ދަށްވި އެވެ. އެ މުބާރާތުގައި މިހާރު ދެމިއޮތީ، ޔުވެންޓަސް، ރެއާލް އަދި ބާސާ އެވެ.
އެ މުބާރާތުގައި ބައިވެރިވާން ދެކޮޅު ހެދި ބަޔާން މިޔުނިކުން ވަނީ ވެލިއު މައްޗަށް ޖައްސާލައި މިއަހަރުގެ ލިސްޓުގެ ފަސް ވަނަ މަގާމު ހޯދައިފަ އެވެ. އެ ކްލަބުގެ ވެލިއު އަކީ 1.06 ބިލިއަން ޔޫރޯ އެވެ.