20 މެއި 2021 - 22:49

ކުރީގެ ސާމްޕަލްތަކާ އެކު ރާއްޖެއިން މިއަދު 2،194 މީހަކު ކޮވިޑްް-19 އަށް ޕޮޒިޓިވްވެފައިވެ ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު އަދަދު ބައި ލައްކަ ފަހަނަޅައިފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ނެގި ސާމްޕަލްތަކުން 60 މީހަކު، 16 ވަނަ ދުވަހުން 79 އަދި 17 ވަނަ ދުވަހު ނެގި ސާމްޕަލުން 541 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 18 ވަނަ ދުވަހު ނެގި ސާމްޕަލްތަކުން 712 މީހަކު ޕޮޒިޓިވްވިއިރު 19 ވަނަ ދުވަހުގެ ސާމްޕަލުން ޕޮޒިޓިވްވީ 647 މީހަކު ޕޮޒިޓިވްވި ކަމަށެވެ.
ނަސީރު ވިދާޅުވި ގޮތުގައި މިއަދުގެ ޕޮޒިޓިވްވި މީހުންގެ ގޮތުގައި ހިމެނެނީ 49 މީހެކެވެ. އޭނާ ވިދާޅުވި ގޮތުގައި ބާކީ 106 މީހުންނަކީ ވެސް އެކި ދުވަސް މަތިން ޕޮޒިޓިވްވި މީހުންނެވެ.
ފާއިތުވި 24 ގަޑިއިރު 7259 ސާމްޕަލެއް ނެގިޔަސް މިހާތަނަށް ނަތީޖާ ލިބުނު 49 މީހަކު ޕޮޒިޓިވްވިއިރު ބެލެވެނީ އެ ސާމްޕަލްތަކުން ޕޮޒިޓިވްވާ އިތުރު މީހުންގެ އަދަދުތައް އެހެން ރޭ ތަކުގައި ހިއްސާކުރާނެ ކަމަށެވެ.
އެޗްއީއޯސީން ބުނާ ގޮތުގައި ކުރީގެ ސާމްޕަލްތަކާ އެކު 2194 މީހަކު އިތުރަށް ޕޮޒިޓިވްވުމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 50،802 ގަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވެސް 20،276 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވީ 30،403 މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލޭ ސަރަހައްދުން 1،698 މީހުން، ރަށްރަށުން 467 މީހުން، އަދި ރިސޯޓުތަކުން 29 މީހަކު ހިމެނެ އެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 280 އަށް އަރާފައިވާއިރު ބަލީގައި 114 މީހަކު މަރުވެފައިވެ އެވެ.