ލޯބިވެރިޔާ ބުނަނީ ރިއާނާ އަކީ މިލިއަނަކުން އެކެއް ކަމަށް
ލޯބިވެރިޔާ ބުނަނީ ރިއާނާ އަކީ މިލިއަނަކުން އެކެއް ކަމަށް

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާއި އެމެރިކާގެ ރެޕާ އޭސަޕް ރޮކީ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ފަހުން އެކަން ކަށަވަރުކޮށް ދީފި އެވެ.

ޖީކިއު މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ރޮކީ ބުނީ ބުނީ ރިއާނާ އަކީ "އަހަރެންގެ ލޯބި" ކަމަށާއި "އެއީ މިލިއަނަކުން އެކެއް" ކަމަށެވެ.

"ރިއާނާ ދިމާވި ހިސާބުން ވެސް އެނގިއްޖެ މިއީކަން އަހަރެން ބޭނުންވާ ކަހަލަ މީހަކީ. އެއީ ކޮންމެ މީހަކަށް ވެސް ވާނެ ގޮތެއް ކަންނޭނގޭ،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ ރިއާނާ އަކީ ހަމަ މިލިއަނުން އެކެކޭ."

އެ ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތަކެއް ދެކެވެން ފެށީ 2013 ގަ އެވެ. އެކަމަކު 2017 ގައި ހަސަން ޖަމާލު ކިޔާ ސައުދީ އަރަބިއްޔާގެ ޒުވާން ވިޔަފާރިވެރިއަކާ ރިއާނާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އެ ގުޅުމުގައި ސިއްކަ ޖެހުނީ މިދިޔަ އަހަރު ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ރިއާނާއާ ރައްޓެހިވެގެން އުޅޭކަން ރޮކީ ކަށަވަރުކޮށް ދިން އިރު ދެ މީހުން އެކީގައި ވީޑިއޯ ލަވައަކުން ވެސް ފެނިފައިވެ އެވެ. އެއީ 2013 ގައި ރޮކީ ނެރުނު ލަވަ "ފެޝަން ކިލާ" ގަ އެވެ. އޭގެ ކުރިން 2012 ގައި ރިއާނާގެ ލަވަ ކޮކިނެސް (އައި ލަވް އިޓް) ގައި ރޮކީ ހިއްސާވެފައިވެ އެވެ.

އުމުރުން މިހާރު 32 އަހަރުގެ ރޮކީ މިހާތަނަށް ތިން އަލްބަމް ނެރެފައިވާ އިރު އޭނާގެ ކުރިއަށް އޮތް އަލްބަމަކީ "އޯލް ސްމައިލްސް" އެވެ.

ބާބެޑޯސް އަށް އުފަން ރިއާނާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިހާރު ނުފޫޒު ގަދަ ވިޔަފާވެރިއެކެވެ. އޭނާގެ ވިޔަފާރި ބްރޭންޑަކީ "ފެންޓީ" އެވެ. މިދިޔަ އަހަރު ފެންޓީ ސްކިން ކެއާގެ އުފެއްދުންތަކެއްގެ ޕްރޮމޯޝަނަލް ކެމްޕޭނެއްގައި ރޮކީ ވެސް ބައިވެރިވެފައިވެ އެވެ.

ރިއާނާގެ މިލްކިއްޔާތު 600 މިލިއަން ޑޮލަރަށް އަރަ އެވެ.