ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް ހަރުކަށި ޚިޔާލުގެ މީހުން
ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް ހަރުކަށި ޚިޔާލުގެ މީހުން

ނިއު ޔޯކް (ނޮވެމްބަރު 19) - އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ހަމަޖައްސާފައިވާ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ އިސް މަގާމުތަކަށް ހަރުކަށި ޚިޔާލުގެ މީހުން ހަމަޖައްސަން ފަށައިފި އެވެ.

ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް ހަރުކަށި ޚިޔާލުގެ މީހުން
ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް ހަރުކަށި ޚިޔާލުގެ މީހުން

އެޓާނީ ޖެނެރަލްގެ މަގާމަށް ވަނީ އަލަބާމާގެ ސެނޭޓާ ޖެފް ސެޝަންސް އައްޔަން ކޮށްފަ އެވެ. ސެޝަންސް އަކީ ނަސްލީ ގޮތުން ތަފާތުކޮށް ވާހަކަ ދެއްކުމުގެ ސަބަބުން 1986 ވަނަ އަހަރު ފަނޑިޔާރުކަމުގެ މަގާމު ގެއްލިފައިވާ މީހެކެވެ. އެކަމަކު މަގާމަށް ހަމަޖެއްސުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ ސެޝަންސް އަކީ ދުނިޔޭގެ ފެންވަރުގެ ގާނޫނީ މާހިރެއް ކަމަށެވެ.

ސީއައިއޭގެ ޑިރެކްޓަރުގެ މަގާމަށް ވަނީ މައިކް ޕޮމްޕިއޯ ހަމަޖައްސައިފަ އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި މައިކަލް ފްލައިން ވަނީ މީގެ ކުރިން އިސްލާމް ދީނަށް ވަރަށް އިހާނެތި ބަސްތައް ރައްދުކޮށްފަ އެވެ. އަދި އޭނާ އަކީ އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދުކުރާ ފަރާތެކެވެ. މި ދެ ބޭފުޅުން ވެސް ވަނީ ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޑިފެންސް އިންޓަލިޖެންސް އެޖެންސީގެ ޑިރެކްޓަރު ކަމުގެ މަގާމުން 2014 ވަނަ އަހަރު ވަކިކުރި ފްލައިން އަކީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމާ ވެސް ވަރަށް ދެކޮޅު ބޭފުޅެކެވެ. ސީއައިއޭ އަށް އައްޔަން ކުރި ޕޮމްޕިއޯ ވެސް ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އުވާލުމަކީ ބޮޑު އުއްމީދެއް ކަމަށެވެ.