19 މެއި 2021 - 22:50

ކުރީ ދުވަހުގެ ސާމްޕަލްތަކާއެކު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 އަށް އިތުރު 1،187 މީހަކު ރާއްޖެ އިން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 އާ ހަމައަށް 3،771 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 965 މީހަކާއި ރަށްރަށުން 215 މީހަކާއި ރިސޯޓުތަކުން ހަ މީހެއް އަދި ސަފާރީތަކުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 438 ސާމްޕަލް ނެގީ އިއްޔެ ހަވީރު 6 ގެ ކުރިންނެވެ.
އެކްޓިވް ކޭސްތައް ވެސް 18،843 އަށް މިހާރު އަރާފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 274 މީހަކަށް ފަރުވާ ދެ އެވެ.