19 މެއި 2021 - 14:39

ކޮވިޑްގެ ތެރޭގައި، ޓޫރިޒަމް ރަނގަޅު މިސްރާބަކަށް ދިއުމަށް ފަހު، އެވްރެޖްކޮށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ޖެނުއަރީން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 3،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މި މަސް ފެށުނު އިރު ވެސް ޓޫރިސްޓުންގެ އަދަދު 2،000 އާއި 3،000 ދެމެދުގެ އަދަދެއްގައި އުޅުމަށްފަހު މިދިޔަ ހޯމަ ދުވަހު އާއި ޓޫރިސްޓުންގެ އަދަދު ވަނީ 1،300 އަށް އަރައިފަ އެވެ. އިއްޔެ ރާއްޖެ އަށް އައިސްފައިވަނީ 1،500 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އިރު ބައެއް އެއާލައިންތަކުން ކުރާ ދަތުރުތައް ވެސް މިހާރު ވަނީ މަދުވެފަ އެވެ. ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ދެކުނު އޭޝިއާއިން އަންނަ ޓޫރިސްޓުން މި ވަގުތަށް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ރަނގަޅުވެފައިވީ ނަމަވެސް ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ޔޫރަޕުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދު ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 433،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިވަގުތު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ.