މިއަދު ކޮވިޑްގެ 517 ކޭސް، ބެކްލޮގާއެކު ޖުމުލަ 1،465 ކޭސް
މިއަދު ކޮވިޑްގެ 517 ކޭސް، ބެކްލޮގާއެކު ޖުމުލަ 1،465 ކޭސް

ކޮވިޑް-19އަށް މިއަދު ރާއްޖޭން 517 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. އެކަމަކު އެހެން ދުވަސްދުވަހުގެ ބެކްލޮގް ކޭސްތަކާއެކު، އެ އަދަދު މިހާރު 1،465 އަށް އަރަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،213 މީހުންނަށް ބަލި ޖެހުނީ މާލެއިންނެވެ. ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 244ގަ އެވެ.

މިއަދު އެޗްޕީއޭ އިން ޓެސްޓުކޮށްފައި ވަނީ 3،703 ސާމްޕަލެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު ވަނީ 18،221 އަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލްތަކުގައި 268 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ. ކޮވިޑް ބަލީގައި މިއަދާ ހަމައަށް 105 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާ ވެސް ވަނީ އަޅައިފަ އެވެ. ނަމަވެސް ކޮންމެ ދުވަަހަކު ކޮވިޑްގެ އެތައް ސަތޭކަ ކޭހެއް އަލަށް ފެންނަމުން ދާއިރު ފިޔަވަޅުތަކާ އެކު ވެސް އަދި ކޭސްތައް ދަށްވާ ތަނެއް ނުފެނެ އެވެ.